ކ. މާލެ
|
27 މެއި 2024 | ހޯމަ 12:43
ރައީސް ޑރ މުޙައްމަދު މުއިއްޒު- ޔޫއެންގައި ފުރަތަމަ ފަހަރަށް މުސްލިމުންގެ މަސްލަހަތު އޮތް ކަމެއްގައި ރާއްޖޭން މިވަނީ ދެކޮޅު ހަދާފަ
ރައީސް ޑރ މުޙައްމަދު މުއިއްޒު- ޔޫއެންގައި ފުރަތަމަ ފަހަރަށް މުސްލިމުންގެ މަސްލަހަތު އޮތް ކަމެއްގައި ރާއްޖޭން މިވަނީ ދެކޮޅު ހަދާފަ
ރައީސް އޮފީސް
ބޮސްނިއާ ޤަރާރުގެ މައްސަލަ
ބޮސްނިއާގެ މުސްލިމުންނަށް ހިންގި ގަތުލުއާއްމާ ގުޅޭ ޤަރާރު ބަލައިގަތުމަށް ރާއްޖެއިން ވޯޓު ނުދިން ސަބަބާ ގުޅޭގޮތުން ސަރުކާރުގެ ބަސް ހުއްޓިފައި
ޑރ. މުއިއްޒުގެ އެކުވެރި ޗައިނާއިން ވޯޓު ދިނީ ޤަރާރާ ދެކޮޅަށް
އެ ވޯޓުގެ ފަހަތުގައި "ޑީލެއް" ވާކަމަށް ބައެއް މީހުން ދަނީ ބުނަމުން
މުސްލިމުންގެ މަސްލަހަތު އޮތް ކަމެއްގައި މީގެ ކުރިން ރާއްޖޭން ދެކޮޅަށް ވޯޓެއް ނުދޭ

އެތައްހާސް މުސްލިމުންނެއް މަރާލި ބޮސްނިއާ ސްރޭބްރެނީޓްސާ ގެ ގަތުލްއާންމާ ގުޅޭ ޤަރާރު ބަލައިގަތުމަށް އދ. ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި ރާއްޖެއިން ވޯޓު ނުދިން މައްސަލައިގައި ސަރުކާރު ހިމޭން ވެއްޖެއެވެ.

193 މެންބަރުން ހިމެނޭ އދ. ގެ އާންމު މަޖިލީހުގައި މެއި މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި 84 ގައުމުން ވަނީ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލު އާއްމުގެ ހިތްދަތި ހަނދާނުގައި ޚާއްސަ ކޮންމެ އަހަރަކު ދުވަހެއް ފާހަގަކުރުމަށް ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ދީފައެވެ. 19 ގައުމަކުން އެ ގަރާރާއި ދެކޮޅަށް ވޯޓު ދިން އިރު 68 ގައުމުން ވަކިކޮޅަކަށް ވޯޓު ނުދެއެވެ. މި ލިސްޓުގައި ރާއްޖެވެސް ހިމެނެއެވެ.

ރާއްޖެއިން ޚާރިޖީ ގޮތުން ގާތް ގުޅުމެއް ބާއްވާ ޗައިނާއިން ވަނީ އެ ޤަރާރާ ދެކޮޅަށް ވޯޓު ދީފައެވެ.

އެކަމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ވަނީ އެއީ "ޑީލެއްގެ ދަށުން" ހިނގި ކަމެއްކަމަށާއި، މިލިއަން ޑޮލަރު އޭގެ ތެރޭގައި ހިމެނޭކަމަށް ބުނެ ރާއްޖެއެމްވީއަށް މައުލޫމާތު ދީފައެވެ. ނަމަވެސް އެކަން އިތުރަށް ކަށަވަރު ކުރުމަށް ރާއްޖެއެމްވީން ތަކުރާރުކޮށް ގުޅާލުމުންވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދަށްވެސް ތަކުރާރުކޮށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.

ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލްއާންމާއި ގުޅިގެން ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ނުދޭ ހަމައެކަނި މުސްލިމް ގައުމަކީވެސް ދިވެހިރާއްޖެއެވެ.

މިކަމާއި ގުޅިގެން ރާއްޖެ ފަދަ 100 އިންސައްތަ މުސްލިމު ގައުމަކުން ގަތުލުއާއްމާ ދެކޮޅު ހެދުމުގެ ގޮތުން ވޯޓު ނުދިނީ ކީއްވެގެންތޯ އާންމުން ވަނީ ސުވާލު އުފައްދާފައެވެ. އަދި މިހާރު އޮތް ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އާންމުން އަންނަނީ މި މައްސަލައިގައި ފާޑުކިއަމުންނެވެ.

މިއާއެކު މިނިވަން ހާރިޖީ ސިޔާސަތަކަށް ރާއްޖެއިން އަމަލުކުރަމުން އަންނަ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އެތައްހާސް މުސްލިމުންނެއް މަރާލި ގަތުލުއާންމު ރާއްޖެއިން ކުށްވެރިނުކޮށް އެކަމާއި ދެކޮޅު ހަދާފައި ނުވަނީ މި މައްސަލައިގައި ފޮރިން މިނިސްޓްރީން ރިޝްވަތު ނަގައިގެންތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
ކޮމެންޓް
- ގުޅުންހުރި
ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި
އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި
ރައީސް އޮފީހުން އެދިގެން މާފްކުރި އިންޑިއާ މަސްބޯޓުގެ ޖޫރިމަނާގެ މައުލޫމާތު ދޭން ސަރުކާރުން ދެކޮޅު ހަދައިފި
ބޮސްނިއާގެ ގަތުލްއާންމު ބަލައިގަތުމަށް ރާއްޖެއިން އދ. ގައި ވޯޓު ނުދިނީ ކީއްވެ ކަމެއް ތަރުޖަމާނަށް އެނގި ނުލައްވާ
މުސްލިމުން ނެތިކޮށްލަން ބޮސްނިއާގައި ހިންގި ގަތުލުއާއްމު ރައީސް މުއިއްޒަށް އޯކޭވިޔަސް އެކަން ދިވެހި މުސްލިމް ރައްޔިތުންނަށް އޯކޭ އެއް ނުވާނެއެވެ!
އެތައްހާސް މުސްލިމުންނެއް މަރާލި ބޮސްނިއާ ގަތުލްއާންމު ބަލައިގަތުމަށް ރާއްޖެއިން ވޯޓު ނުދިން
ލަންކާގެ ޓުއަރިސްޓް ވިސާއަށް ބަދަލުތަކެއް، ނަމަވެސް ދިވެހިންނަށް އޮން-އެރައިވަލް 30 ދުވަސް ލިބޭނެ: ފޮރިން މިނިސްޓްރީ
ސިޔާސީ މަގާމުތަކަށް ބަދަލުތައް ގެންނަނީ ރައީސް ބޭނުންފުޅުވާ ގޮތަށް ކަންކަން ފަސޭހަކުރެއްވުމަށް: ހީނާ