ކ. މާލެ
|
26 މެއި 2024 | އާދީއްތަ 23:12
އެމްޑީޕީގެ ރައީސް ޝާހިދު އާއި ޖޭއެސްސީގެ ރައީސް ހިސާން ބައްދަލު ކުރެއްވުން
އެމްޑީޕީގެ ރައީސް ޝާހިދު އާއި ޖޭއެސްސީގެ ރައީސް ހިސާން ބައްދަލު ކުރެއްވުން
ޖޭއެސްސީ ހަރުދަނާ ކުރުން
މިހާރު ޖޭއެސްސީ އަކީ ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ހޯދިފައިވާ ތަނެތްގޮތަށް ފާހަގަވޭ - ޝާހިދު
2018 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް އަންހެން ފަނޑިޔާރުންގެ އަދަދު ދުއިސައްތަ އިންސައްތަ އިތުރުކުރެވިފަވޭ
ޝާހިދު ވިދާޅުވީ ޖޭއެސްސީ މިހާރު ފެނިގެން ދަނީ ހާމަކަމާއެކު މަސައްކަތްތަކެއް ކުރާ ތަނެއްގެ ގޮތުގައި ކަމަށް
ކޮމިޝަންގެ ރައީސް ކަމުގެ ދައުރު ފުރިހަމަ ކުރެއްވި ފުރަތަމަ މެންބަރަކީ އެމް.ޑީ.ޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރަކަށް ވުމީ ޕާޓީއަށް ލިބުނު ޝަރަފެއްކަމުގައި ޝާހިދު ވިދާޅުވި

މިހާރުގެ ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަކީ ދެފުއް ފެންނަ، ރައްޔިތުންގެ އިތުބާރު ހޯދިފައިވާ ތަނެއް ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެހެން ވިދާޅުވީ، ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިންގެ ދައުރު ނިމުމާއި ގުޅިގެން އެކަމަނާ އާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ އާދިއްތަ ދުވަހު މެންދުރު ފަހުގެ ވަގުތެއްގަ ޖޭއެސްސީގެ އިދާރާގައެވެ. އެ ބައްދަލުކުރެއްވުމުގައި، ޝާހިދު ވަނީ ނިމިގެން ދިޔަ ދައުރުގައި ޖުޑީޝަރީ ހަރުދަނާކުރުމަށް ޖޭއެސްސީން ކުރި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. ޝާހިދު ވިދާޅުވީ ޖޭއެސްސީ މިހާރު ފެނިގެން ދަނީ ހާމަކަމާއެކު އެކޮމިޝަންގެ މަސައްކަތްތަކެއް ކުރާ ތަނެއްގެ ގޮތުގައި ކަމަށެވެ.

ޝާހިދު ވިދާޅުވީ ކޯޓުތަށް ޓެކްނޮލޮޖީއާ ރައްޓެހި ތަނަކަށް ހެދުމަށް ހިންގި ކޯޓް މޮޑެނައިޒޭޝަން ޕްރޮޖެކްޓްގެ ތެރެއިން އޮންލައިކޮށް ޝަރިއާތްކުރުން ތައާރަފްކުރުމާއި، ޝަރީއަތްތަށް މަހުޒަރުކުރުމަށް ކޯޓުތަކުގައި ސްޕީޗް ޓު ޓެކްސްޓް ބޭނުންކުރަން ފެށުން ފަދަ ކަންކަމަކީ ވަރަށް މުހިންމު ކަންކަން ކަމަށެވެ. ހަމައެހެންމެ އިންޓަރގެރޭޓަޑް ކޯޓް މެނޭޖްމަން ސިސްޓަމް ގާއިމުކުރުމާއި، މަތީ މަރުހަލާގެ ކޯޓުތަކުގެ އަޑުއެހުންތައް އިންޓަނެޓުގައި ލައިވްކާސްޓްކުރުން ފަދަ ކަންކަމުގެ ސަބަބުން ލިބުނު ކުރިއެރުމަށް އެމަނިކުފާނު ވަނީ އަލިއަޅުވާލައްވާފައެވެެ.

އެ ބައްދަލުކުރެއްވުމުގައި، މި ނިމިގެންދިއަ ދައުރުގައި  ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާއި ގުޅޭގޮތުން އެމްޑީޕީގެ ރައީސް ޝާހިދު ވަނީ ވާހަކަދައްކަވާފައެވެެ. އެގޮތުން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުގެ އިސްލާހީ އެޖެންޑާ ތަންފީޛުކުރުމަށް ހިސާން އަދާކުރެއްވި މުހިންމު ދައުރު ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އިތުރަށް ވާހަކަދައްކަވަމުން އެމް.ޑީ.ޕީ.ގެ ސިޔާސަތުގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް ހިސާން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށް ޝާހިދު ވަނީ ވިދާޅުވެފަވެ. އޭގެ ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރުން ފެށިގެން މިއަދާހަމައަށް އަންހެން ފަނޑިޔާރުނގެ އަދަދު ދުވިސައްތަ އިންސައްތަ އިތުރުކުރެވިވާކަމަށާއި، ހިންގުމުގެ އިސް މަގާމުތަކުގައި އަންހެނުން ތިރުރުކުރެވިފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ. 

ހަމައެހެންމެ ޖުޑިޝަލް ސަރވިސް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން  ޝަރުއީ ދާއިރާއަށް އެކަމަނާ ކޮށްދެއްވި ބުރަ މަސައްކަތަށް އެމް.ޑީ.ޕީގެ ރައީސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ޖުޑިޝަލް ސަރވިސްކޮމިޝަންގެ ފުރަތަ އަންހެން ރައީސްއަކީ، އަދި އެކޮމިޝަންގެ ރައީސް ކަމުގެ ދައުރު ފުރިހަމަ ކުރެއްވި ފުރަތަމަ މެންބަރަކީ އެމް.ޑީ.ޕީ އަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރަކަށް ވުމީ އެޕާޓީއަށް ލިބުނު ޝަރަފެއްކަމުގައި ޝާހިދު ވަނީ ވިދާޅުވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
0%
100%
0%
ކޮމެންޓް