ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 12:24
މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު
މަޖިލީހުގެ ކުރީގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު
ރާއްޖެއެމްވީ
ވެރިކަމުގެ ދައުރު
ވެރިކަމުގެ ދައުރު ދިގުދަންމާލައި 10 އަހަރަށް އިތުރުކުރެއްވުމަކީ ކުރެވޭނެ ކަމެއް ނޫން: މޫސަ
މަޖިލީހަށް ހޮވޭ މެމްބަރުންނަކީ ރައީސް ބޭނުންފުޅުވާ ގޮތަކަށް ކަންކަން ކުރަން ތިބޭ ބައެއް ނޫން
އަމިއްލަ ގޮތުން ވާދަ ކުރެއްވި ބައެއް މެމްބަރުންވެސް ގެންދަނީ ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގަންނަވަމުން

ވެރިކަމުގެ ދައުރު ދިގުދަންމާލައި 10 އަހަރަށް އިތުރު ކުރެއްވުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް މަޖިލީހުގެ ކުރީގެ ނައިބްރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ، ވެރިކަމުގެ ދައުރު ދިގުދަންމާލައި 10 އަހަރަށް އިތުރު ކުރެއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިހާރު އޮތް ގޮތުން އެކަމަށްޓަކައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގަންޖެހޭނެކަމަށް މޫސަ ވިދާޅުވިއެވެ.

އަދި މަޖިލީހަށް ހޮވޭ މެމްބަރުންނަކީ ރައީސް ބޭނުންފުޅުވާ ގޮތަކަށް ކަންކަން ކުރަން ތިބޭ ބައެއް ނޫންކަން ފާހަގަ ކުރައްވައި މޫސަ ވިދާޅުވީ، މަޖިލީހުގެ ރައީސަކަށް ހުންނަ މީހަކީ ރައީސުލްޖުމްހޫރިއްޔާގެ "ރަބަރ ސްޓޭމްޕްއަކަށް" ވެގެން ނުވާނެކަމަށެވެ.

މަޖިލީހުގެ ރައީސަކަށް ހުންނަ މީހަކީ ރައީސުލްޖުމްހޫރިއްޔާގެ "ރަބަރ ސްޓޭމްޕެއް" ނޫން
މަޖިލީހުގެ ކުރީގެ ނައިބްރައީސް ރީކޯ މޫސާ މަނިކު

އެހެންނަމަވެސް 20 ވަނަ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ދާދި ފަހުން ވަނީ މަޖިލިސް ހިންގަވާނީ ރައީސް ބޭނުންފުޅުވާ ގޮތަށްކަމަށް ވިދާޅުވެ އެ މޭރުމުން ވާހަކަ ދައްކަވާފައެވެ. އެއީ އެކަން އޮންނަންޖެހޭ ގޮތް ނޫންކަން މޫސަ ފާހަގަ ކުރެއްވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، އެމްޑީޕީން މިހާރު މަޖިލީހަށް ހޮވިފައިވާ މެމްބަރުންވެސް ބާރުވެރި ކުރުވައި އެކަންކަން ކަށަވަރު ކުރުމަށް ނުކުމެ ކުރެވިދާނެ މަސައްކަތްތައް އެބަހުރި ކަމަށެވެ.

މިހާރުވެސް އަމިއްލަ ގޮތުން ވާދަ ކުރެއްވި ބައެއް މެމްބަރުންވެސް ގެންދަނީ ސަރުކާރު ހިންގާ ޕާޓީއާ ގުޅިވަޑައިގަންނަވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
މޫނަށް ކަނދުރާއަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތުތައް ބައްލަވާ، ދައުލަތުގެ ބައި ލާރިއެއްގައިވެސް ނުޖެހެން: ރައީސް ސާލިޙު
ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
އަބަދުވެސް އެމްޑީޕީއަށް ވަފާތެރިވާނަން: އާޒިމް
ދިރާސީ އައު އަހަރު ބަދަލުކުރުމުން އޯލެވެލް އިމްތިހާން ކުރިމަތިވަނީ ޗުއްޓީ ދުވަސްވަރާ، މިއީ ބެލެނިވެރިންގެ ކަންބޮޑުވުމެއް: އިހްސާން
ދިރާސީ އައު އަހަރު ބަދަލުކުރުމުން ގިނަ ދަރިވަރުން ހިތްހަމަ ނުޖެހި، ޕެޓިޝަނެއްގައި ސޮއިކުރަނީ
ދިރާސީ އަހަރު ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ ސާވޭއާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ހައްދަވަނީ އިތުރުފުޅު: އިހްސާން