ކ. މާލެ
|
24 މެއި 2024 | ހުކުރު 19:42
މާލެއަށް ބޯކޮށް ވާރޭވެހިފައި
މާލެއަށް ބޯކޮށް ވާރޭވެހިފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
މިރޭވެސް ކަނޑުތައް ގަދަވެ އުދައެރުން އެކަށީގެންވޭ
މެދު ރާއްޖެތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

މާދަމާ ހެނދުނު 6 ޖެހުމާ ހަމައަށް ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިވަގުތުތަކުގައި މެދުރާއްޖެތެރެ އާއި އުތުރުގެ ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. މީގެއިތުރުން ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވުން އެކަށީގެންވާކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެކަމަށާއި އެހެން ހިސާބުތަކަށް އާންމު ގޮތެއްގައި ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި ވަރަށް ގަދަވާނެކަމަށެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ އުތުރާއި މެދުރާއްޖެތެރޭގައި 7 ފޫޓާއި 10 ފޫޓާ ދެމެދުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށެވެ.

އަދި ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ގަދަވެ އުދައަރާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވަނީ މެޓް އޮފީހުން އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް