ހަފްތާ ބަންދުގައި އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ހުކުރު އަދި ހޮނިހިރު ދުވަހުވެސް އުތުރުގެ އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށެވެ. އަދި ހުކުރު ދުވަހު މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށާއި ހޮނިހިރު ދުވަހު މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން ހުކުރު އަދި ހޮނިހިރު ދުވަހުވެސް ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރެއަށް ވަނީ ވަރަށް ބޮޑަށް މޫސުން ގޯސްވެފައެވެ. އެއާއެކު މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.