ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 12:41
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް
މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި، ހަކަތައާއި ބެހޭ ވަޒީރު ތާރިޤް އިބްރާހީމް
ރާއްޖެއެމްވީ
އީޕީއޭ ބާރުވެރިކުރުން
އީޕީއޭ ގާނޫނީ ގޮތުން މިނިވަންކޮށް، ބާރު ދިނުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް
ޤައުމީ ސްޓެރެޓިޖިކް އެންވަޔަރމަންޓަލް އެސެސްމަންޓެއް ވީހާ އަވަހަށް އެކުލަވާލަން ޖެހޭ
އީޕީއޭއަކީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާ ކުރެވޭ މިންވަރަށް ފުދުންތެރި ތަނަކަށް ހަދަން ޖެހޭ

އީޕީއޭ ގާނޫނީ ގޮތުން މިނިވަންކޮށް، ބާރު ދިނުމުގެ ވިސްނުމެއް މިވަގުތު ސަރުކާރުގެ ނެތްކަމަށް އެންވަޔަރމަންޓް މިނިސްޓަރު ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގުޅިފަޅު ހިއްކުން ވަގުތީ ގޮތުން ހުއްޓާލުމަށް ހައިކޯޓުން ނެރެފައިވާ އަމުރު ބާތިލުކޮށް ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ވަނީ އީޕީއޭއަށް ޤާނޫނީ ބާރުވެރިކަން ދޭންޖެހޭކަމަށް ބަޔާންކޮށްފައެވެ.

ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ އީޕީއޭއަކީ މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާ ކުރެވޭ މިންވަރަށް ފުދުންތެރި ތަނަކަށް ހަދަން ޖެހޭ ކަމަށާއި، އަދި އެތަންތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލެއް ދެންނެވުމުން މިނިސްޓަރު ވިދާޅުވީ، ގާނޫނީ ގޮތުން އީޕީއޭ މިނިވަންކުރުމުގެ ވިސްނުމެއް ސަރުކާރުން އަދި ނުގެންގުޅޭ ކަމަށެވެ. ނަމަވެސް އީޕީއޭއަށް ބޭނުންވާ ވަސީލަތާއި އެއްބާރުލުން ސަރުކާރުން ދޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުން ކުރި ޙުކުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ދައުލަތުގެ އިދާރާތައް ޝާމިލުވެގެން ޤައުމީ ސްޓެރެޓިޖިކް އެންވަޔަރމަންޓަލް އެސެސްމަންޓެއް ވީހާ އަވަހަށް އެކުލަވާލަން ޖެހޭކަމަށް ވިދާޅުވެ، އެ ކަންކަން ކުރުމަށްޓަކައި އީޕީއޭ ޤާނޫނީ ގޮތުން ބާރުވެރި ކުރުވަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
ނޭޕާލު މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި މުޙައްމަދު ޒަކީ އަވަހާރަވެއްޖެ
ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ދެކޮޅުހަދައި، އަޤްސާ މިނިވަންކުރުމުގެ ޖިހާދުގައި ރާއްޖެއިން ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވާނެ: ރައީސް
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަން އުވާލިނަމަވެސް އާއިލާތަކަށް އަދިވެސް ރިޕޯޓު ނުދޭ
ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
ގައު ހުދުވުމުގެ ސަބަބުން މަޑުޖެހުނު މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފި
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި