ކ. މާލެ
|
22 މެއި 2024 | ބުދަ 10:17
ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތަކަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވޭ
ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާތަކަށް ކުޑަވެސް ބަދަލެއް އައިސްފައި ނުވޭ
އަލް- ޖަޒީރާ
ފަލަސްތީން އިސްރާޢީލް ހަނގުރާމަ
އިޒްރޭލު ސިފައިން ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ ހޮސްޕިޓަލަށް ހަމަލާ ދީފި
 
އެ ސަރަހައްދުގެ އާއްމުންގެ ގެތަކަށް ޓޭންކް ބޭނުންކޮށްގެންނާއި ވައިގެ މަގުން ބޮން އަޅާ ވަނީ ސުންނާފަތި ކޮށްލާފަ

އިޒްރޭލު ސިފައިން ޖަބާލިއާ ރެފިއުޖީ ކޭމްޕުގެ ހޮސްޕިޓަލަށް އާޓިލަރީ އާއި ސްނައިޕަރ ބަޑިން ހަމަލާ ދީފި ކަމަށް އަލްޖަޒީރާ އިން ބުނެފިއެވެ.

އޭގެ އިތުރުން އެ ސަރަހައްދުގެ އާއްމުންގެ ގެތަކަށް ޓޭންކް ބޭނުންކޮށްގެންނާއި ވައިގެ މަގުން ބޮން އަޅާ ވަނީ ސުންނާފަތި ކޮށްލާފައެވެ.

އަނެއްކޮޅުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ގާޒާ އަށް ފޮނުވާފައިވާ 569 ޓަނުގެ ތަކެތި އަދިވެސް އެހީ ބޭނުންވާ މީހުންނާ ހަމައަށް ވާސިލް ނުވާ ކަމަށް އެމެރިކާގެ ޕެންޓަގަން އިން ވަނީ ބުނެފައެވެ. އެއްގަމު މަގުން ތަކެތި ފޯރުކޮށް ދިނުމަށް ހުރި މަގުތައް އިޒްރޭލް ސިފައިން ބަންދުކޮށްފައިވާތީ މިތަކެތި ގާޒާއަށް ފޮނުވާފައިވަނީ ގާޒާގެ އައްސޭރިފަށުގައި އެމެރިކާއިން އަޅާފައިވާ ފާލަމުގެ މަގުންނެވެ.

އެހީގެ ތަކެތި ހުސްވުމަކަށް އައިސްފައިވާތީ އދ.ގެ ވޯލްޑް ފުޑް ޕްރޮގްރާމުން ބުނެފައިވަނީ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާ ކަމަށާއި، ގާޒާގައި ބަނޑުހައިހޫނުކަން އާއްމުވަމުން ދާކަމުގައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 35،647 މީހުން މަރުވެފައިވެއެވެ. 79،852 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް