ކ. މާލެ
|
21 މެއި 2024 | އަންގާރަ 18:17
މާލޭގައި ހުރި ބޮޑެތި ގަސްތަކެއް ވެއްޓުން
މާލޭގައި ހުރި ބޮޑެތި ގަސްތަކެއް ވެއްޓުން
ރާއްޖެއެމްވީ
މޫސުން ގޯސްވުން
ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް އޮރެންޖް އެލާޓް
މިރޭ 8:30 އާ ހަމައަށް ގަޑިއަކު 36 މޭލާއި 42 މޭލާ ދެމެދުގެ ބާރުމިނުގައި އެސަރަހައްދަށް ވައިޖެހޭނެ

ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބ އަތޮޅުން ފެށިގެން މ އަތޮޅަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ 8:30 އާ ހަމައަށް ގަޑިއަކު 36 މޭލާއި 42 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. މީގެއިތުރުން ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ މާދަމާ ހެނދުނު 6 ޖެހުމާ ހަމައަށް މެދު ރާއްޖެތެރެ އާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް