ކ. މާލެ
|
21 މެއި 2024 | އަންގާރަ 17:11
އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމް
އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމް
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
ޔޫތް މުބާރާތުގައި ދީމާ ވާދަކުރާނެ

ސައުތު އޭޝިޔަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުގެ ކުޅުންތެރިންނާ ޖަރޒީ ހަވާލުކޮށްފި އެވެ.

މި މުބާރާތް އޮންނާނީ މިމަހުގެ 26 ން 29 އަށް ސްރީލަންކާގެ ކެންޑީގައެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ދާދިފަހުން އޮލިމްޕިކްސް އަށް ކޮލިފައިވި ފާތިމަތު ދީމާ އަލީ ހިމެނެއެވެ. ރާއްޖޭގެ އެއްވަނަ ދީމާ އަކީ 16 އަހަރުގެ ކުޅުންތެރިއެކެވެ. ޔޫތު ޗެމްޕިއަންޝިޕްގައި އަންހެން އަދި ފިރިހެން ޓީމު ވެސް ވާދަކުރެއެވެ. މިމުބާރާތުގައި 14 އަހަރުން ދަށާއި 19 އަހަރުން ދަށުގައި ވެސް ރާއްޖޭގެ ދެޓީމު ވާދަކުރާނެ އެވެ.

މުބާރާތަށްފަހު 30 ވަނަ ދުވަހު އެނބުރި އައިސް ދީމާ ކްރޮއޭޝިޔާއަށް ދާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން މައުލޫމާތު ދެއްވިއެވެ. މިއަހަރުގެ ޖުލައި މަހު ފްރާންސްގައި ފަށާ އޮލިމްޕިކްސްއާ ހަމައަށް ދީމާގެ ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ. އަދި އެމުއްދަތުގެ ތެރޭގައި ބައެއް ކުދިކުދި މުބާރަތްތަކުގައި ވެސް ދީމާ ވާދަކުރާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް