ކ. މާލެ
|
29 އޭޕްރިލް 2025 | އަންގާރަ 07:58
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު
ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމު
ޓޭބަލް ޓެނިސް އެސޯސިއޭޝަން
ޤައުމީ ޓީޓީ ޓީމު
ސައުތު އޭޝިޔާ މުބާރާތުން ރާއްޖެ އަށް ތިން މެޑަލް
އެ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޓީމުތަކުން ވަނީ ތިން މެޑަލް ހޯދައިފަ އެވެ. އެއީ އެއް ރިހި މެޑަލްގެ އިތުރުން، ދެ ލޯ މެޑަލް އެވެ.

ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ވާދަކޮށް، ރާއްޖޭގެ ޓީޓީ ޓީމުތަކުން ތިން މެޑަލް ހޯދައިފި އެވެ.

ނޭޕާލްގެ ވެރި ރަށް، ކަތަމަންޑޫގައި ކުރިއަށް ދިޔަ މިއަހަރުގެ މުބާރާތުގައި ރާއްޖޭގެ 15 އަހަރުން ދަށާއި، 19 އަހަރުން ދަށުގެ ޓީޓީ ޓީމު ވަނީ ވާދަކޮށްފަ އެވެ.

އެ މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ޓީމުތަކުން ވަނީ ތިން މެޑަލް ހޯދައިފަ އެވެ. އެއީ އެއް ރިހި މެޑަލްގެ އިތުރުން، ދެ ލޯ މެޑަލް އެވެ.

19 އަހަރުން ދަށުގެ މިކްސް ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ މަލާކް ބިންތި މުޢިއްޒު އދަި ޒީކް ޙަސަން ލަތީފް ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. މި އިވެންޓުގެ ފައިނަލްގައި ރާއްޖޭގެ ޕެއާ ވާދަކޮށްފައިވާއިރު، ބަލިވެފައި ވަނީ އިންޑިއާ ޕެއާ އަތުންނެވެ.

މުބާރާތުގެ 15 އަހަރުން ދަށުގެ މިކްްސް ޑަބަލްސް އިވެންޓު އަދި ޓީމު އިވެންޓުގައި ވެސް ރާއްޖެ އިން ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އެގޮތުން މިކްސް ޑަބަލްސްގައި ރާއްޖޭގެ މުޙައްމަދު ޚަލަފް ރާފިއު އަދި އައިޝަތު އަލްސާ ނާފިޒް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ޓީމު އިވެންޓުން ވެސް ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

- ކޮމެންޓް