Advertisement
ކ. މާލެ
|
15 މެއި 2024 | ބުދަ 08:00
ތަހުގީގަށް ހޯދަން ބޭނުންވަނީ ސ. ހިތަދޫ، ސޯމާ، އުމުރުން 34 އަހަރުގެ ޝަފީޤު އިބްރާހީމް
ތަހުގީގަށް ހޯދަން ބޭނުންވަނީ ސ. ހިތަދޫ، ސޯމާ، އުމުރުން 34 އަހަރުގެ ޝަފީޤު އިބްރާހީމް
ޕޮލިސް
ފޭރުނު މައްސަލައެއް ތަހުގީގުކުރަނީ
މީހަކު ރަހީނުކޮށްގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހޯދާ މީހެއްގެ ވަނަވަރު އާންމުކޮށްފި
މިމައްސަލައިގެ ތަހުގީގަށް ހޯދަން ބޭނުންވަނީ ސ. ހިތަދޫ، ސޯމާ، އުމުރުން 34 އަހަރުގެ ޝަފީޤު އިބްރާހީމް
މީހެއްގެ ބޭންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވޭ

މީހަކަށް ވަޅިން ބިރުދައްކައި، އިންޒާރުދީގެން ފައިސާ ފޭރުނު މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހެއްގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގަށް ހޯދަން ބޭނުންވަނީ ސ. ހިތަދޫ، ސޯމާ، އުމުރުން 34 އަހަރުގެ ޝަފީޤު އިބްރާހީމް ކަމުގައެވެ.

Advertisement

ފުލުހުން ބުނީ ތަހުގީގަށް ޝަފީޤު ހާޒިރުވުމަށް އަންގާފައިވަނީ މީހެއްގެ ބޭންކް އޮފް މޯލްޑިވްސް ކޭޝް ކާޑު އަތުލައި، ޕިންކޯޑް ހޯދުމަށްފަހު ކޭޝް ކާޑު ބޭނުންކޮށްގެން އޭނާގެ އެކައުންޓުން ފައިސާ ފޭރިގަނެފައިވާ މައްސަލައެއްގައި ކަމަށެވެ. ފައިސާ ފޭރުމަށް މީހަކަށް ވަޅިން ބިރުދައްކައި، ހުއްދަނޫން ގޮތުގައި އެ މީހާ ހިފަހައްޓައި، މާރާމާރީ ހިންގައި އަދި ބިރުދައްކައި އިންޒާރުދީގެން އޭނާގެ އަންނައުނު ބާލުވައި، ވީޑިއޯ ވެސް ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ޝަފީޤު ހާޒިރުކުރުމަށް އޭނާ ދިރިއުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ. މި ފަދަ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ފުލުހުންވަނީ އެ ކަން އިޢުލާން ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް