ކ. މާލެ
|
15 މެއި 2024 | ބުދަ 08:07
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް
ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ގިނަ އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު: ޠަލާލް
ޠަލާލް ވިދާޅުވީ، ވަޒީރާ ހަމައިން ފެށިގެން ގޮސް ހުރިހާ ޑިޕާޓްމަންޓަކުން ވެސް އެސޯސިއޭޝަންތައް ޚަރުދަނާ ކުރުމުގެ މަސައްކަތް ކުރާ ކަމަށް

ރާއްޖޭގެ ގިނަ ކުޅިވަރު އެސޯސިއޭޝަންތަކުގެ ހިންގުން ރަނގަޅު ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވިދާޅުވެއްޖެ އެވެ.

ޠަލާލް މިހެން ވިދާޅުވީ ކުޅިވަރާއި ހަށިހެޔުކަމާ ބެހޭ ވުޒާރާ އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ގިނަ އެސޯސިއޭޝަންތަކުގެ އިންތިޚާބު ބާއްވަން އިއުލާން ކުރުމަށްފަހު، އެ ތާރީޚަށް އިންތިޚާބު ނުބޭއްވިގެންދާ ކަމަށާއި، އެސޯސިއޭޝަންތަކުގެ ހިންގުމާ ގުޅޭ ގޮތުން ވެސް ވަނީ ސުވާލު ކޮށްފަ އެވެ.

އެސޯސިއޭޝަންތަކުގެ ހިންގުން ޚަރުދަނާ ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ކުރައްވަމުން އަންނަކަން ފާހަގަކުރައްވައި ޠަލާލް ވިދާޅުވީ، ވަޒީރާ ހަމައިން ފެށިގެން ގޮސް ހުރިހާ ޑިޕާޓްމަންޓަކުން ވެސް އެ މަސައްކަތްކުރާ ކަމަށެވެ. ޚާއްސަކޮށް އެސޯސިއޭޝަންތަކަށް އަމާޒުކޮށްގެން އެކި ކަހަލަ ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭކަން ފާހަގަކުރެއްވި އެވެ.

ޠަލާލް ވިދާޅުވީ، އެސޯސިއޭޝަންތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ވާހަކަ ދައްކާއިރު ވެސް، ގިނަ އެސޯސިއޭޝަންތަކެއް ހިންގުން ހުރީ ވަރަށް ރަނގަޅަށް ކަމަށެވެ. އެގޮތުން އެ އެސޯސިއޭޝަންތަކުން ފުރިހަމަ ކުރަން ޖެހޭ ކަންކަން، ޤަވާއިދުން ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް ޠަލާލް ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް މަދު އެސޯސިއޭޝަންތަކެއްގެ ހިންގުމުގައި މައްސަލަ އުޅޭކަން ފާހަގަ ކުރައްވައި ޠަލާލް ވިދާޅުވީ، މައްސަލަ ދިމާވެގެން އުޅެނީ ދިވެހިންގެ މެދުގައި ޝައުޤުވެރިކަން ބޮޑު އެސޯސިއޭޝަންތަކުގައި ކަމަށެވެ. އެހެންކަމުން އެކަންކަން ޙައްލު ކުރުމުގައި ކޮމިޝަނަރުގެ އޮފީހުން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޠަލާލް ވަނީ ވިދާޅުވެފަ އެވެ.

އަޅުގަނޑުމެން ހިންގުން ހަރުދަނާ ކުރާ ވާހަކަ ދައްކާއިރު، ގިނަ އެސޯސިއޭޝަންތަކެއްގެ ހިންގުން ހަމަ ވަރަށް ރަނގަޅަށޭ ހުންނަނީ، އެ ކުރަން ޖެހޭ ކަންކަން އެ އެސޯސިއޭޝަންތަކުން ކުރަމުންނޭ ގެންދަނީ. މަދު އެސޯސިއޭޝަނެއް، އެހެން ނަމަވެސް މި ހިންގުމުގައި މައްސަލަތައް ދިމާވެގެން އުޅެނީ ތަންކޮޅެއް ދިވެހިންގެ ޝައުޤުވެރިކަން އެ އެސޯސިއޭޝަންތަކަށް ބޮޑު އެސޯސިއޭޝަންތަކުގައި.
މުޙައްމަދު ޠަލާލް / ކޮމިޝަނަރ އޮފް ސްޕޯޓްސް

މީގެ އިތުރުން ޠަލާލް ވިދާޅުވީ، ޤައުމީ އެސޯސިއޭޝަންތަކުގެ ތެރެއިން އަޑު ގަދަ ނުވަތަ މަޝްހޫރު އެސޯސިއޭޝަނެއްގެ ކަމެއް ދިމާވެއްޖެ ނަމަ، ހުރިހާ އެސޯސިއޭޝަނެއް ވެސް ގޯސްކަމަށް ބުނެވޭ ކަމަށެވެ. އޭގެ ބަދަލުގައި އެ މައްސަލައެއް ދިމާވާ އެސޯސިއޭޝަނެއްގެ މައްސަލަ ޙައްލު ކުރުން އެއީ ކޮމިޝަނަރުގެ އޮފީހުން އިސްކަންދޭ ކަމަށް ޠަލާލް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް