ކ. މާލެ
|
13 މެއި 2024 | ހޯމަ 15:33
ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ރާއްޖެއިން އެދުނީ ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި
ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން ފަސްކޮށްދިނުމަށް ރާއްޖެއިން އެދުނީ ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި
ހާރިޖީ ވުޒާރާ
ޓްރެޝަރީ ބޮންޑް
50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމައިފި
ޓްރެޝަރީ ބޮންޑުގައި ބާކީ 150 މިލިއަން ޑޮލަރު އެބަހުރި

50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމާފައިވާ އިރު، އެއީ 13 މެއި 2024 އިން ފެށިގެން ސްޓޭޓް ބޭންކް އޮފް އިންޑިއާ، މާލެ، މެދުވެރިކޮށް، އިތުރު އަހަރަކަށް 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ރޯލްއޮވަރ ކުރުމުގެ ސިފައިގައެވެ.

އިންޑިއާ ސަރުކާރުން ޓީބިލް ރޯލްއޯވަރ ކުރަން ނިންމީ، 2024 ވަނަ އަހަރުގެ މެއި މަހުގެ 8-10 އަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވާ އެކަމަށް އެދިވަޑައިގަތުމާއި ގުޅިގެންނެވެ.

ބަޖެޓުގެ އެހީތެރިކަމުގެ ސިފައިގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ ދީލަތި އެހީތެރިކަމާއި ގުޅިގެން ސަރުކާރުން ވަނީ އެކަން ފާހަގަކޮށްފައެވެ. އަދި ގިނަ އަދަދެއްގެ އިންފްރާސްޓްރަކްޗަރަލް ޑިވެލޮޕްމަންޓް މަޝްރޫއުތަކާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓަލް މަޝްރޫއުތައް އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްދާއިރު، ގްރާންޓް އެހީގެ ގޮތުގައި ފާހަގަކޮށްލެވޭ ކަންކަން ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ގަތް ޓްރެޝަރީ ބޮންޑަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު 2019 ވަނަ އަހަރުވި އެއްބަސްވުމެއްގެ ދަށުން ގަތް ބޮންޑެކެވެ. ޖުމްލަ 200 މިލިއަން ޑޮލަރުގެ ބޮންޑު ގަނެފައިވެއެވެ.

މި ބޮންޑުގެ ތެރެއިން 50 މިލިއަން ޑޮލަރު މި ސަރުކާރުން އަނބުރާ ދައްކާފައިވާ އިރު، ބާކީ 150 މިލިއަން ޑޮލަރު އަނބުރާ ދެއްކުމަށް ފޮރިން މިނިސްޓަރުގެ ދަތުރުފުޅުގައި އެދިވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
ރާއްޖޭގެ ޚާރިޖީ ވަޒީރު ޒަމީރު އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކަން އާ ބައްދަލު ކުރައްވައިފި
އިސްރާއިލު ޕާސްޕޯޓް މަނާކުރުމަށް ނިންމި މައްސަލައިގައި އެމެރިކާގެ ޕްރެޝަރު ރާއްޖެއަށް ބޮޑުވެފައި އޮއްވާ ޒަމީރު އެގައުމަށް
މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު އޮތީ ހެނދުނު ފުރައްސާރަ ކުރުމަށްފަހު، ހަވީރު ފިރުމާ ގޮތަށް!
އިންޑިއާ ވާނީ އަދި އަބަދުވެސް އޮންނާނީ އެންމެ ގާތް އެކުވެރިޔާ ކަމުގައި: ޚާރިޖީ ވަޒީރު ޒަމީރު
ލަންކާގެ ރައްޔިތުން ރެމިޓެންސް ފޮނުވުމުގައި ރާއްޖެ އިން ކަނޑައަޅާފައިވާ ލިމިޓް މުރާޖައާކޮށް، ލުއިގޮތްތަކެއް ކަނޑައަޅާ ދިނުމަށް އެ ގައުމުން އެދިއްޖެ
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަންނަވައިފި
އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް ވަޑައިގަންނަވަނީ