ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 12:25
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް
ރޮއިޓާސް
ބަޔާން މިއުނިކް
ކުޅުނީ ސެމީ ފައިނަލެއް، މަޢާފަށް އެދުމަކުން ނުވާނެ: ޓުޗެލް
 
މެޗަށްފަހު ވާހަކަ ދައްކަމުން ޑި ލިޓް ވެސް ބުނެފައި ވަނީ، ލައިސްމަން އޭނާ ކިބައިން މަޢާފަށް އެދުނު ކަމަށް

ކުޅުނީ ސެމީ ފައިނަލް މެޗެއް ކަމަށާއި، މަޢާފަށް އެދުމަކުން ނުވާނެ ކަމަށް ބަޔާން މިއުނިކްގެ ކޯޗު ތޯމަސް ޓުޗެލް ބުނެފި އެވެ.

އޭނާ މިހެން ބުނީ، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. އެ މެޗުން ބަލިވެ ބަޔާން މުބާރާތުން ކެޓިއިރު، މެޗުގައި ބަޔާންގެ ޑިފެންޑަރު މަތައިސް ޑި ލިޓް ޖެހި ލަނޑެއް އޮފްސައިޑު ކަަމަށް ރެފްރީ ނިންމުމުން ބަޔާނުން ވަނީ އެކަމާ ނުރުހުން ފާޅު ކޮށްފަ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޑި ލިޓް ވެސް ބުނެފައި ވަނީ، ލައިސްމަން އޭނާ ކިބައިން މަޢާފަށް އެދުނު ކަމަށެވެ. އަދި ލައިސްމަނަށް ހެދުނީ ގޯހެއް ކަމަށް އޭނާ އެއްބަސްވެފައިވާ ކަމަށާއި، އެއީ ލަދުވެތި އަދި ބަލައި ގަންނަން އުނދަގޫ ކަމެއް ކަމަށް ވެސް ޑި ލިޓް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ޓުޗެލް ބުނީ، ކުޅުނީ ސެމީ ފައިނަލްގެ މެޗެއް ކަމަށާއި، މިއީ މަޢާފަށް އެދެންވީ ވަގުތެއް ނޫން ކަމަށެވެ. އަދި މަޢާފަށް އެދުމަކުން ނުވާނެ ކަމަށް ވެސް ޓުޗެލް ބުންޏެވެ. ޓުޗެލް ވެސް ބުނީ، އޭނާ އަށް ވެސް އެކަން ބަލައި ނުގަނެވޭނެ ކަމަށެވެ. ޓުޗެލް ފާހަގަ ކުރު ގޮތުގައި މެޗުގައި ރެފްރީންގެ ފަރާތުން ނުޤަވާއިދުން ދެ ކަމެއް ކޮށްފައިވާކަން ފެންނަން އޮތް ކަމަށާއި، އެކަންކަން ކުރުމަށްފަހު މަޢާފަށް އެދުމަކީ ޙައްލެއް ވެސް ނޫނެވެ.

އެވަގުތު ކަންތައް ވެގެންދިޔަ ގޮތް ތަފްސީލުކޮށް ކިޔައި ދިނުމަށްފަހު ޓުޗެލް ބުނީ، މެޗުން ބަޔާން ބަލިވެއްޖެ ކަމަށާއި، އެމީހުން ނަތީޖާ ޤަބޫލު ކުރާ ކަމަށެވެ. އެހެން ނަމަވެސް ރެފްރީންގެ ފަރާތުން އެކަހަލަ ކަންތައްތައް ކުރިމަތިވުމުން އެ ވާހަކަ ދައްކާނެކަން ފާހަގަކޮށް ޓުޗެލް ބުނީ، ރެއާލަށް އެކަހަލަ ކަމެއް ކުރިމަތި ނުވާ ކަމަށެވެ.

ޓުޗެލްގެ އިރުޝާދުގެ ދަށުން ބަޔާން މި ސީޒަން ނިންމާާލަން ޖެހުނީ އެއްވެސް ކާމިޔާބެއް ނެތި އެވެ. މި ސީޒަނަށް ފަހު ބަޔާންގެ ކޯޗުކަމުން ވަކިވާާން ޓުޗެލް އޮތީ މީގެ ކުރިން ވެސް ނިންމައިފަ އެވެ. އެއީ އޭނާއާއެކު އެ ކުލަބަށް ނަތީޖާ ނުނެރެވޭތީ، ކުލަބުގެ އިސްވެރިންނާ މަޝްވަރާ ކުރުމަށްފަހު ޓުޗެލް ނިންމި ނިންމުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
33%
33%
0%
33%
ކޮމެންޓް