ކ. މާލެ
|
8 މެއި 2024 | ބުދަ 10:29
ބޮރޫޝިޔާ ޑޯޓްމުންޑްގެ މާކޯ ރޮއިސް
ބޮރޫޝިޔާ ޑޯޓްމުންޑްގެ މާކޯ ރޮއިސް
ޑެއިލީ މެއިލް
ޗެމްޕިއަންސް ލީގް
11 އަހަރު ފަހުން ރޮއިސްއާއެކު ޑޯޓްމުންޑް ފައިނަލަށް
 
އެކަކު ވެސް ފައިނަލަށް ދިޔަ ގޮތެއް ނުބަލާނެ: ރޮއިސް

11 އަހަރު ފަހުން ޖަރުމަނުގެ ބޮރޫޝިޔާ ޑޮޓްމުންޑް ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެ ޓީމު ފައިނަލަށް ދަތުރުކުރީ ފްރާންސްގެ ޕީއެސްޖީއާ އެކު ކުޅުނު ސެމީ ފައިނަލްގެ ދެ މެޗު ވެސް 1-0އިން ކާމިޔާބުކޮށްގެންނެވެ. ރޭ ޕީއެސްޖީގެ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު މޮޅުވީ ފަހު ހާފުގައި މެޓްސް ހުމެލްސް ޖެހި ގޯލުންނެވެ. މި މެޗަށް ފަހު މިކަމުގެ އުފާ އެންމެ ބޮޑަށް ފާޅު ކުރީ މި ސީޒަނަށް ފަހު ޓީމާ ވަކިވާ ކުރީގެ ކެޕްޓަން މާކޯ ރޮއިސް އެވެ. އޭނާ އަކީ ޑޯޓްމުންޑް އެންމެ ފަހުން ފައިނަލްގައި ކުޅުނުއިރު 2012 ވަނަ ޓީމުގައި ހިމެނުނު ކުޅުންތެރިއަކަށް މިވަގުތު ހުރި ހަމައެކަނި ކުޅުންތެރިޔާ އެވެ.

މިއީ ވަރަށް ބޮޑު އުފަލެއް. އަހަރުމެން ފައިނަލަށް ދިއުން 11 އަހަރު ފަހުން. ވަރަށް ހާއްސަ ކާމިޔާބީއެއް. އެއްވެސް މީހަކު ނުބަލާނެ ފައިނަލަށް ދިޔައީ ކިހިނެތްތޯ. ބަލާނީ ޑޯޓްމުންޑް ފައިބަން ކުޅޭތަން
ރޮއިސް
ބޮރޫޝިޔާ ޑޯޓްމުންޑް ކުޅުންތެރިން އުފާފާޅު ކުރަނީ - ޑެއިލީ މެއިލް

އޭނާ މިހެން ބުނީ ރޭގެ ސެމީ ފައިނަލް މެޗުގެ ބޮޑުބައި ކޮންޓްރޯލްކޮށް ޕީއެސްޖީން ފޮނުވާލި ހަތަރު ބޯޅައެއް ގޯލް ދަނޑީގައި ޖެހިފައިވުމުން ބައެއް މީޑިއާތަކުން އެވާހަކަ ދައްކާތީ އެވެ.

މިއީ މުބާރާތް ފެށި އިރު އެއްވެސް މީހަކ ހީކުރާނެ ކަމެއްނޫން. އެކަމަކު އަހަރުމެން ވަރަށް ފަހުރުވެރިކަމާއެކު މިދަނީ ފައިނަލް ކުޅެން ލަންޑަނަށް. ޗެމްޕިއަންސް ލީގަކީ ކޮންމެ ކުޅުންތެރިއަކު ވެސް ކާމިޔާބު ކުރަން ބޭނުންވާނެ ތައްޓެއް. އަހަރުމެން ކުލަބުން އެކަން ކޮށްފި 1997ގައި. އަހަރުމެން ބޭނުންވަނީ މިތަށި އަލުން ހޯދަން
ރޮއިސް

ޑޯޓްމުންޑްގެ ކޯޗު އެޑިން ޓާޒިކް މެޗަށް ފަހު ބުނީ އަމިއްލަ ލީގުގައި މާބޮޑު ކާމިޔާބީއެއް ނުހޯދުނަސް ޗެމްޕިއަންސް ލީގުގައި މަސައްކަތްކޮށްފިނަމަ ކުރިއަށް ދެވިދާނެކަން އޭނާގެ ޓީމުން ދައްކައިދީފި ކަމަށެވެ.

2012 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔައިރު ޑޯޓްމުންޑް އޮތީ 25 ޕޮއިންޓް ފަހަރުގައި ޖަރުމަނު ލީގުގައި. 97ގައި ތަށި ހޯދި ސީޒަނަކީ ވެސް ޖަރުމަނު ލީގުގައި ނަތީޖާ ގޯސް ފަހަރެއް. އެހެންވީމާ އަހަރުމެންނަށް ތަށި ހޯދޭނެ ސަބަބުތައް މިހުރީ
ކޯޗު

މުބާރާތުގެ ފައިނަލުގައި ޑޯޓްމުންޑް ބައްދަލުކުރާނީ ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕޭނުގެ ރެއާލް މެޑްރިޑް މިރޭ ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް