ކ. މާލެ
|
7 މެއި 2024 | އަންގާރަ 12:30
މެޗުގައި ލަނޑު ޖެހުމަށްފަހު ސެވިއްޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ސެވިއްޔާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ޓްވިޓަރ
ސްޕެނިޝް ލީގު
ގްރަނަޑާ ކައިިރިން ސެވިއްޔާ އަށް މޮޅެއް
 
ސެވިއްޔާ އޮތީ ލީގު ތާވަލްގެ 12 ވަނައިގައި

ސްޕެނިޝް ލީގުގައި ގްރަނަޑާއާ ދެކޮޅަށް ކުޅުނު މެޗުން ސެވިއްޔާ މޮޅުވެއްޖެ އެވެ.

ސެވިއްޔާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސެވިއްޔާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ދެ ލަނޑު ޖެހީ ފަހު ހާފުގަ އެވެ.

މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ސެވިއްޔާ އަށް ލީޑު ނަގައިދިނީ މާކޮސް އަކުނާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖެސޫސް ނަވާސް އެވެ. ސެވިއްޔާގެ ދެ ވަނަ ލަނޑު، ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ޖެހީ ޔޫސުފް އަލް ނަސީރީ އެވެ. އެ ލަނޑު އޭނާ ޖެހީ ލޫކަސް އޮކަމްޕޯސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ސެވިއްޔާގެ ފަހު ލަނޑު، 80 ވަނަ މިނެޓުގައި ޖެހީ ޑޯޑީ ލުކެބާކިއޯ އެވެ.

މޮޅާއެކު ސެވިއްޔާ އޮތީ ލީގު ތާވަލްގެ 12 ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅުނު 34 މެޗުން 41 ޕޮއިންޓު ހޯދައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް