ކ. މާލެ
|
6 މެއި 2024 | ހޯމަ 22:56
މާލެއަށް ބޯކޮށް ވާރޭވެހެނީ
މާލެއަށް ބޯކޮށް ވާރޭވެހެނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކުރިއަށް އޮތް 4 މަހު އުތުރާއި މެދުރާއްޖެތެރެއަށް އިތުރަށް ވާރޭވެހޭނެ: މެޓް އޮފީސް
 
ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން

މިއަހަރުގެ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހަައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުންކަމަށެވެ. މީގެއިތުރުން މެޓް އޮފީހުން ބުނީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

މެޓް އޮފީހުން މިގޮތަށް ނޫސް ބަޔާން ނެރުނުއިރު މިދިޔަ މަހު ރާއްޖެއަށް ކުރި ވިއްސާރާގައި މާލެ އާއި ރަށްރަށުގައި ވެސް ފެންބޮޑުވުމުގެ ގިނަ ހާދިސާތައް ހިނގާފައިވެއެވެ.

ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެހެން ގައުމުތަކުގައި ވެސް އާދަޔާ ހިލާފަށް ހޫނުގަދަވުމާއި އާދަޔާ ހިލާފަށް ވިއްސާރަކުރުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. މި އަހަރު ރާއްޖޭގެ ހޫނުމިން ވެސް އާދަޔާ ހިލާފަށް މައްޗަށް ވަނީ އަރާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރެފަލްސް މޯޯލްޑިވްސް ރިސޯޓުން މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި
މިހާރު ކުރަމުންދާ ވިއްސާރަ - ވ، ދ، ފ އަދި އައްޑޫ ސިޓީ އާއި ފުވައްމުލަކުގެ ބައެއް ގޭގެއަށް ގެއްލުން ލިބިގެން ރިޕޯޓުކޮށްފައިވޭ
ރާއްޖޭގެ ބައެއް ހިސާބުތަކަށް ނެރެފައިވާ ރީނދޫ ސަމާލުގެ މުއްދަތު އިތުރުކޮށްފި
އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް މިނިސްޓްރީން އަންގައިފި
ވިއްސާރައިގައި އައްޑޫ ސިޓީގެ ގެތަކާއި އާންމުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުން - މޭޔަރު
އައްޑޫއާއި ފުވައްމުލަކަށް ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް އޮރެންޖެ އެލާޓް ނެރެފި
ވިއްސާރައިގައި ގެއްލުން ލިބޭ ރަށްތަކުގެ މައުލޫމާތު އެއްކުރަނީ ދުވަހުން ދުވަހަށް ވަކިވަކިން، ގެއްލުމުގެ މުޅި ތަފްސީލު ހިމެނޭ ރިޕޯޓެއް އެކުލަވާލާނެ - އެންޑީއެމްއޭ
ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ޔެލޯ އެލާޓްގެ ވަގުތު އިތުރުކޮށްފި