ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 07:46
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް- ފައިލް ފޮޓޯ
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް- ފައިލް ފޮޓޯ
ނުރައްކާތެރި އެކްސިޑެންޓް ހިނގުން
ހުޅުމާލޭގައި ކާރަކާއި ވޭނެއް އަދި ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
 
މި އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު ދަނީ އިތުރަށް ތަހުގީގު ކުރަމުން
 
ސީރިއަސް އަނިޔާއެއް ނުލިބޭ
 
ކާރު ދުއްވަން އިން މީހާއަށް އަނިޔާވެފައިވޭ

ހުޅުމާލޭގައި ކާރަކާއި ވޭނެއްގެ އިތުރުން ބަހެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ކާރަކާއި, ވޭނަކާއި އެމްޓީސީސީގެ ބަހެެއް ޖެހި އެކްސިޑެންޓެއް ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރީތިގަސް މަގުން ކަމަށެވެ. އެ އެކްސިޑެންޓުގެ ރިޕޯޓު ހުކުރު ދުވަހުގެ ރޭ 8:30 ހާއިރު ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ތިން އުޅަނދު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވީ ކާރު ދުއްވަން އިން މީހާއަށް ކަމަށެވެ. އޭނާއަށް ޓްރީޓޮޕް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށާއި، ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓް ހިނގަން މެދުވެރި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް