ކ. މާލެ
|
3 މެއި 2024 | ހުކުރު 10:48
ވިންޑް ވޯރިއާސްގެ ނޫމާނާއި ނާއިޒު ލަނޑު ޖެހުމަށްފަހު
ވިންޑް ވޯރިއާސްގެ ނޫމާނާއި ނާއިޒު ލަނޑު ޖެހުމަށްފަހު
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް
ސެމީގެ ފަހު ޖާގަ ވިންޑް ވޯރިއާސް އަށް
 
ސެމީ ދެމެޗު ހޮނިހިރު ދުވަހު

ކެނދިކުޅުދޫގައި ކުރިއަށްދާ މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް ސެމީފައިނަލްގެ ފަހު ޖާގަ އެރަށު ވިންޑް ވޯރިއާސް ހޯދައިފިއެވެ.

ވިންޑް ވޯރިއާސް ސެމީގެ ފަހު ޖާގަ ކަށަވަރުކުރީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި 3-0 ން މަނަދޫ ސްޕޯރޓްސް ކްލަބް ބަލިކޮށްގެންނެވެ. މިމޮޅާއެކު އެޓީމް ސެމީއަށް ދަތުރު ކުރީ 4 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައެވެ. މިގްރޫޕުން އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކު ނައިފަރު ޗެލްސީ އެވެ.

ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ހިންނަވަރު ސްޕޯރޓްސް ކްލަބެވެ. އެއީ ހަތަރު މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށްގެން ދެވަނަ ޓީމްގެ ގޮތުގައި ސެމީއަށް ދަތުރުކުރީ މާފަރެވެ. ސެމީގައި ހިންނަވަރު ވާދަކުރާނީ ވިންޑް ވޯރިއާސް އާއެވެ. އަދި ނައިފަރު ވާދަކުރާނީ މާފަރާއެވެ. ސެމީގެ ދެ މެޗު ކުޅޭނީ މާދަމާއާއި މާދަމާ ރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް