ކ. މާލެ
|
1 މެއި 2024 | ބުދަ 09:17
ލަނޑު ޖެހުމަށްފަހު ނައިފަރު ޗެލްސީ ކުޅުންތެރިން
ލަނޑު ޖެހުމަށްފަހު ނައިފަރު ޗެލްސީ ކުޅުންތެރިން
މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް
އެއްވަނަ ޓީމްގެ ގޮތުގައި ނައިފަރު ޗެލްސީ ސެމީއަށް
 
ނައިފަރުގެ އިތުރުން ހިންނަވަރު ވަނީ ސެމީ ޔަގީންކޮށްފައި

ކެނދިކުޅުދޫ ކައުންސިލުން އެރަށުގައި ކުރިއަށްގެންދާ 'މެންގްރޯވް އައިލެންޑް ޗެމްޕިއަންޝިޕް' ގައި ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް އެއްވަނަ ޓީމްގެ ގޮތުގައި ނައިފަރު ޗެލްސީ ސެމީފައިނަލަށް ދަތުރުކޮށްފިއެވެ.

ގްރޫޕް ސްޓޭޖްގައި އެޓީމް ކުޅުނު ފަހު މެޗު ކާމިޔާބުކުރީ ކެނދިކުޅުނޫ ވިންޑް ވޯރިއާސްއާ ވާދަކޮށް 6-2 ނެވެ. މޮޅާއެކު 4 މެޗުން 12 ޕޮއިންޓް ހޯދައިގެން ނައިފަރު ޗެލްސީ ސެމީގެ ޖާގަ ޔަގީންކުރީ އެއްވަނަ ޓީމްގެ ގޮތުގައެވެ. ވިންޑްވޯރިއާސް މިވަގުތު ދެވަނައިގައި އޮތް ނަމަވެސް ސެމީގެ ދެވަނަ ޖާގަ ޔަގީންވާނީ މަނަދޫއާ ވާދަކުރާ މެޗަށްފަހު އެވެ.

މަނަދޫ މުބާރާތުގައި އެންމެފަހުން ކުޅުނު މެޗުގައި ހެނބަދޫ ޑީ ޓޫ ސްޕޯރޓްސް ކްލަބް އަތުން ވަނީ ބަލިވެފައެވެ. މަނަދޫ ބަލިވީ 2-1 ނެވެ. އެމެޗުގެ މޮޅު ކުޅުންތެރިއަކީ ހެނބަދޫގެ ހުސެއިން އަބްދުالله އެވެ. ނައިފަރުގެ އިތުރުން މުބާރާތުގެ ސެމީފައިނަލްގެ ޖާގަ ޔަގީންކޮށްފައި ވަނީ އެއަތޮޅު ހިންނަވަރު ޓީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް