ކ. މާލެ
|
3 މެއި 2024 | ހުކުރު 07:25
ދަގަނޑޭ (7) މައިލޯ ސިޓީ އަށް ކުޅެނީ
ދަގަނޑޭ (7) މައިލޯ ސިޓީ އަށް ކުޅެނީ
ގޫގުލް
އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް
ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް
 
މައިލޯ ސިޓީ މޮޅުވީ ފަހި އެފްސީ އަތުން

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕުގައި ކުރީގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ މައިލޯ ސިޓީ ފަސް ލަނޑުން މޮޅުވެއްޖެ އެވެ.

ހިތަދޫ ރަސްމީ ދަނޑުގައި ކުޅޭ މުބާރާތުގައި މައިލޯ ސިޓީ މޮޅުވީ ފަހި އެފްސީ އަތުން 5-0އިންނެވެ. މި މެޗުގައި ދަގަނޑޭ ކުޅެން ނުކުތީ ފަހު ހާފުގަ އެވެ. އޭނާ ލަނޑެއް ނުޖަހަ އެވެ. އެ ޓީމަށް ލަނޑު ޖަހައިނީ ހަސަން ރާއިފް (ހަންނަ) އާއި އިންޝާލް އަދި ހަސަން ނަޒީމް (ޗޯޓު) އާއި ސަބާހް އެވެ. ފަހި އެފްސީ ޓީމުން އެންމެ ފާހަގަ ކުރެވުނު އެއް ކުޅުންތެރިއަކީ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު އަހުމަދު ސައީދު (އައްމަޓީ) އެވެ.

މި މުބާރާތުގައި އިއްޔެ ކުޅުނު މެޗު ޒެފިއާ ކާމިޔާބު ކުރީ މަރަދޫ އެފްސީއާ ވާދަކޮށް 3-2އިންނެވެ.

ޖުމުލަ ފަސް ޓީމު ކުޅޭ މުބާރާތުގެ ފައިނަލަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. މި މުބާރާތަކީ އައްޑޫ ސިޓީ ކައުންސިލުން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ބާއްވާ މުބާރާތެކެވެ.

އައްޑޫ ސިޓީ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި މުހިންމު ބައިވެރިއެކެވެ. ދެ ފަހަރެއްގެ މަތީން ރާއްޖޭގެ ގައުމީ ފުޓްބޯޅަ މުބާރާތް ވެސް އައްޑޫގައި ވަނީ ބާއްވައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް