Advertisement
ކ. މާލެ
|
29 އޭޕްރިލް 2024 | ހޯމަ 14:27
ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ސީއެސްސީގެ މެންބަރު ކަމަށް ހަބީބާ
ސީއެސްސީގެ ހުސްވެފައިވާ މަގާމަށް ހަބީބާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ހަބީބާގެ ނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވޯޓާއެކު
ހަސީބަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 18 މެންބަރުން، ރުހުން ނުދިނުމަށް 19 މެންބަރުން ވޯޓު ދެއްވި
ސީއެސްސީގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި އާމިރާގެ ދައުރު ހަމަވުމާ ގުޅިގެން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ މަގާމަށް ފާތިމަތު ހަބީބާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކޮށް ތަޅުމަށް ފޮނުވި ދެ ނަމަކަށް ވޯޓަށް ވަނީ އަހާފައެވެ. އެއީ ދަފްތަރު 9472، ފާތުމަތު ހަބީބާ އާއި ދަފްތަރު ނަންބަރު 7505، އަބްދުލް ހަސީބު އިސްމާއިލް އެވެ.

އެގޮތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ ތެރެއިން ހަސީބަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 18 މެންބަރުންނެވެ. ރުހުން ނުދިނުމަށް 19 މެންބަރުން ވޯޓު ދެއްވިއެވެ.

Advertisement

މީގެ އިތުރުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވޯޓާއެކު ހަބީބާގެ ނަން ވަނީ ފާސްކޮށްފައެވެ.

ސީއެސްސީގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. 

މިހާރު އެކޮމިޝަންގައި ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހާއި ނައިބު ރައީސް އިބްރާހީމް ރަޝީދާއި، މެންބަރު މުހައްމަދު ފަރުސަތުގެ އިތުރުން މެންބަރު ފާތިމަތު ޝަރީފް އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް