ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 04:51
ސަލާހް އާއި ކްލޮޕް ހިތްހަމަނުޖެހިގެން ވާހަކަ ދައްކަނީ
ސަލާހް އާއި ކްލޮޕް ހިތްހަމަނުޖެހިގެން ވާހަކަ ދައްކަނީ
ޑެއިލީ މެއިލް
ލިވަޕޫލް
ސަލާހާއި ކްލޮޕްގެ ރުޅި: އޭނާ ވާހަކަ ދައްކައިފިނަމަ އަލިފާން ރޯވެދާނެކަމަށް ސަލާހް ބުނެފި
 
ކްލޮޕް ބުނަނީ އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވާ ކަމަށް

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާއި ފޯވަޑް މުހައްމަދު ސަލާހާ ދެމެދުގައިވާ ހިތްހަމަނުޖެހުން ސަޕޯޓަރުންނަށް ފެންނަން ފަށައި ސަލާހް ރައްދު ދީފި އެވެ.

2015 ވަނަ އަހަރު ކްލޮޕް ލިވަޕޫލްގެ ކޯޗުކަމާ ހަވާޅުވުމަށްފަހު ޓީމަށް ގެނައި އެންމެ މުހިންމު ކުޅުންތެރިއަކީ މިސުރުގެ ފޯވަޑް ސަލާހެވެ. އަދި ކްލޮޕްގެ ކޯޗުކަމުގައި ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިދީ، ކުލަބުގެ ރެކޯޑް ފޮތުން ޖާހަ ހޯދި ކުޅުންތެރިއަކީ ވެސް ސަލާހެވެ.

ނަމަވެސް ހިތްހަމަނުޖެހުން އާއްމުންނަށް ފެންނަވަރވީ ސަލާހްގެ ފޯމު ވަރަށް ބޮޑަށްދަށްވެ، ލިވަޕޫލް އަތުން ޕްރެމިއާ ލީގު ހޯދުމުގެ ހުރިހާ ބާރެއް ގެއްލިގެން ދިއުމުންނެވެ. އެއީ ވެސްޓްހޭމްއާ ދެކޮޅަށް ކުޅެ 2-2އިން އެއްވަރުވުމުންނެެވެ. މި މެޗުގައި ސަލާހް ކުޅެން ނެރުނީ ފަހު ފަސް މިނެޓަށެވެ. ކްލޮޕް ލަފާކުރަނީ އެކަމާ ހިތްހަމަނުޖެހިގެން ސަލާހް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށެވެ. އިނގިރޭސި ބައެއް މީޑިއާތަކުން ވަނީ ބެންޗުގައި އިންނަން ޖެހުމުން ލިވަޕޫލް ވޯމްއަޕްކުރި އިރު ވެސް ސަލާހް ހުރީ ފާޑަކަށް ކަމަށެެވެ.

މެޗަށް ފަހު ކްލޮޕް ބުނީ އެ ދެ މީހުން ދަނޑުމަތީގައި ހިތްހަމަނުޖެހިގެން ދެއްކި ވާހަކަ އާއްމުކުރަން އޭނާ ބޭނުންނުވާ ކަމަށެވެ. އަދި މެޗަށް ފަހު ޗޭންޖިން ރޫމުގައި ސަލާހާއެކު އެވާހަކަ ދެއްކި ކަމަށާއި އޭނާ އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވާ ކަމަށެވެ.

ނަމަވެސް މެޗަށް ފަހު ޗޭންޖިން ރޫމަށް ދަމުން ސަލާހް ބުނީ އެކަމާ އޭނާ ވާހަކަ ދައްކައިފިނަމަ އަލިފާން ރޯވެދާނެ ކަމަށެވެ. ނޫސްވެރިޔާ ސުވާލު ތަކުރާރު ކުރުމުން ވެސް އޭނާ ބުނީ އެހެންނެވެ.

ސަލާހް އާއި ކްލޮޕް ހިތްހަމަނުޖެހިގެން ވާހަކަ ދައްކަނީ - ޑެއިލީ މެއިލް
އާނ. އަލިފާން ރޯވާނެ. އަހަރެން އެކަމާ ވާހަކަ ދައްކައިފިނަމަ އަލިފާން ރޯވެދާނެ
ސަލާހް

މިކަމާ ގުޅިގެން ލިވަޕޫލްގެ ކުރީގެ ފޯވަޑް ޕީޓަރ ކްރަޗް ބުނީ ދެ މީހުންނަކީ ޓީމަށް މުހިންމު ދެ މީހުން ކަމަށާއި ކަމަށާއި ނަމަވެސް ކޯޗާއި އެންމެ މުހިންމު ފޯވަޑް ކޯޅުމަކީ ޓީމަށް ފައިދާހުރި ކަމެއްނޫން ކަމަށެވެ.

ސަލާހް އަކީ އެންމެ ގިނަ މެޗުގައި ފުރަތަމަ 11ގައި ކުޅެން ފެށި ކުޅުންތެރިޔާ. އަދި އޭނާ އަކީ ބެންޗުގައި އިންނަންޖެހުމުން ރުޅިގަދަވާ ކުޅުންތެރިއެއް. އެކަމަކު ކޯޗާއި އެންމެ މުހިނމު ކުޅުންތެރިޔާ ކޯޅޭތަން ބަލަން އެކަކު ވެސް ބޭނުމެއްނުވާނެ
ކްރަޗް

މި ސީޒަނުގައި ޔޫރޮޕާ ލީގާއި އިނގިރޭސި ޕްރެމިއާ ލީގް އަދި އެފްއޭކަޕް ލިވަޕޫލް އަތުން ގެއްލުނީ މުހިންމު ކުޅުންތެރިންގެ ފޯމު ވަރަށް ބޮޑަށް ދަށްވުމުންނެވެ. އަދި މި ސީޒަނަށް ފަހު ކޯޗުކަމުން ކްލޮޕް ވަކިވާނެ އެވެ. އޭނާ ލިވަޕޫލް ދޫކޮށްލާ ސަބަބެއް ކަމުގައި ބުނެފައިވަނީ އިތުރަށް ޓީމު ކުރިއަރުވައި ޓީމު ގޮވައިގެން އުޅޭނެ ހިތްވަރާއި ފަންވަރު ނެތުމުން ވަކިވަނީ ކަމުގަ އެވެ.

ލިވަޕޫލްގެ ކުރީގެ ބައެއް ކުޅުންތެރިން ވަނީ ސަލާހާއި ކްލޮޕްގެ ކޯޅުމާ ގުޅިގެން ސަލާހް ވެސް ކުލަބުން ވަކިވުން މުހިންމު ކަމަށް ބުނެފަ އެވެ.

އޭނާ އަަކީ ލިވަޕޫލްގެ ލެޖެންޑެއް. އެކަމަކު މިހާރު އައު ކުޅުންތެރިންނަށް ފުރުސަތު ދީފައި ލިވަޕޫލް ދޫކޮށްލަން ރަނގަޅު. އެއިރުން އެ ފައިސާ ޒުވާން ކުޅުންތެރިންނަށް އިންވެސްޓްކުރެވޭނެ
ހަމާން

މިހާދިސާއާ ގުޅިގެން ލިވަޕޫލްގެ ސަޕޯޓަރުން ދަނީ ސޯޝަލް މީޑިއާގައި ދެރަވުމުގެ އިހުސާސްކުރެވޭ ފަދައިން ޝުއޫރު ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ބުނަނީ ސަލާހް އާއި ކްލޮޕްގެ ކެރިއާ ލިވަޕޫލްގައި ނިމެންވާނީ މިފަދައިން ނޫން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް