ކ. މާލެ
|
27 އޭޕްރިލް 2024 | ހޮނިހިރު 15:08
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް
ރޮއިޓާސް
ބަޔާން މިއުނިކް
ބަޔާންގެ ސަޕޯޓަރުން ބޭނުންވަނީ ޓުޗެލް، ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި
 
އަލަށް ގެންނަން އުޅޭ ކޯޗުންމެދު ސަޕޯޓަރުންގެ ރުހުމެއްނެތް

ބަޔާން މިއުނިކްގެ ކޯޗުކަމުގައި މިހާރުގެ ކޯޗު ތޯމަސް ޓުޗެލް މަޑުކުރުވުމަށް އެދި އެކުލަބުގެ ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

ޖަރުމަނުގެ ރިޕޯޓްތައް ބުނާ ގޮތުން މިހާތަނަށް މި ޕެޓިޝަނުގައި 14000 މީހުން ވަނީ ސޮއިކޮށްފަ އެވެ. ސަޕޯޓަރުން ޕެޓިޝަނެއްގައި ސޮއިކުރަން ފެށީ ބަޔާންގެ ކޯޗުކަމަށް އެސްޓަންލިވާގެ ކޯޗު އުނާއީ އެމެރޭ އާއި އޮސްޓްރިއާގެ ގައުމީ ކޯޗު ރަލްފް ރަންގްނިކް ގެނައުމަށް ކުލަބުން ވާހަކަ ދައްކަން ފެށުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނާ ވެސް އެކުގަ އެވެ. މީގެ ތެރެއިން ރަންގްނިކް ވަނީ ބަޔާންގެ އެއްވަނަ ހޮވުން ކަމަށްވެ އެވެ.

ޓުޗެލް ވަނީ މި ސީޒަނަށް ފަހު ބަޔާންގެ ކޯޗުކަން ދޫކޮށްލަން ކުލަބާއެކު ފެބްރުއަރީ މަހު އެއްބަސްވެފަ އެވެ. އެއީ ތިން މެޗަކުން ބަލިވެ، ފާއިތުވެދިޔަ 11 އަހަރު ހޯދި ޖަރުމަނު ލީގުގެ ޗެމްޕިއަންކަން ނުލިބޭނެކަން ކަށަވަރުވުމުންނެވެ. ނަމަވެސް އޭގެ ފަހުން ބަޔާން ވަނީ އާސެނަލް ބަލިކޮށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

އަހަރުމެން އިހްތިރާމް ކުރަން ކޯޗުކަމަށް ގެންނަން އުޅޭ ކެނޑިޑޭޓުންނަށް. އެކަމަކު މި ކޯޗުންނަށް ޖަޕަލް (ޓުޗެލް)ގެ މަގާމެއް ނުފުރޭނެ. އަހަރުމެން ބޭނުންވަނީ ޖަޕަލް
ޕެޓިޝަނުގައި ބުނެފައިވޭ

އިތުރަށް އެ ޕެޓިޝަނުގައި ބުނެފައިވަނީ 2025ގެ ޗެމްޕިއަންސް ލީގުގެ ފައިނަލް އޮތީ ބަޔާންގެ ދަނޑުގައި ކަމަށާއި ޓުޗެލް ފަދަ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކޯޗަކު ހުރުމަކީ ބަޔާންގެ ހިތްހަމަޖެހެންޖެހޭނެ ކަމެއް ކަމަށެވެ.

ފްރޭންކްފަޓާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އިއްޔެ ބޭއްވި ޕްރެސް ކޮންފްރެންސްގައި މިކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން ޓުޗެލް ބުނީ އޭނާގެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށާއި އަދި ސަޕޯޓަރުންގެ ޕެޓިޝަނާމެދު ނުވިސްނާ ކަމަށެވެ.

ތިއީ އަހަރެންގެ ނަފްސަށް ބަލާނަމަ ރަނގަޅު ކަމެއް. އެކަމަކު ތިއީ އަހަރެން ވިސްނާ ކަމެއްނޫން. އަހަރެންނާއި ކުލަބާ ދެމެދު ވަނީ ވަކި ގޮތަކަށް އެއްބަސްވެވިފައި
ޓުޗެލް

ބަޔާންގެ އޮނަރަރީ ޕްރެޒިޑެންޓް އުލީ ހޮއެނެސް ވިދާޅުވީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އައު ކޯޗަކީ ކާކުކަން ފައިނަލް ވެގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް