ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 10:23
ރައްޔިތުންގެ މަޖިލިސް އިންތިޚާބު
ރައްޔިތުންގެ މަޖިލިސް އިންތިޚާބު
މަޖިލިސް އިންތިޚާބު 2024
ވަގުތީ ނަތީޖާ - 20 ވަނަ މަޖިލީހުގައި ޕީއެންސީއަށް 66 ގޮނޑި
 
ޕީއެންސީން އެންޑޯސްކޮށްފައިވާ ބައެއް އަމިއްލަ ކެންޑިޑޭޓުންގެ ވަނީ ގޮނޑި ކާމިޔާބުކުރައްވާފައި

އެޕްރިލް މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ.

އާއްމުންނަށް ވެސް ފެންނާނެހެން އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ވަގުތީ ނަތީޖާއަށް ބަލާނަމަ، ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން އެންޑޯސްކޮށްފައިވާ އަމިއްލަ ގޮތުން ވާފަކުރި 5 ކެންޑިޑޭޓަކު ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މި ވަގުތު ސަރުކާރާއި އެކުގައި މަސައްކަތް ކުރާ 3 ޕާޓީއަކަށް ވެސް އެއް ގޮނޑި ވަނީ ކާމިޔާބުވެފައެވެ.

އިދިކޮޅު އެމްޑީޕީއަށް މި އިންތިޚާބުގައި ކާމިޔާބުވެފައިވަނީ 12 ގޮނޑިއެވެ. އަމިއްލަ ގޮތުން ވާދަކުރާ ޖުމުލަ 11 ކެންޑިޑޭޓުން ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި މި އިންތިޚާބުގައި އަދާލަތު ޕާޓީ އާއި ދަ ޑެމޮކްރެޓްސްގެ އެއްވެސް ކެންޑިޑޭޓަކަށް ގޮނޑި ކާމިޔާބުކުރެވިފައި ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް