ކ. މާލެ
|
14 އޭޕްރިލް 2024 | އާދީއްތަ 13:19
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު
ރާއްޖެއެމްވީ
އެންޓި ޑިފެކްޝަން ބިލު
އެންޓި ޑިފެކްޝަން ބިލު ތަސްދީޤު ނުކުރައްވައި ދިގުދެންމެވުމަކީ ޑިމޮކްރަސީއަށް ފާޅުގައި ހުރަސްއެޅުއްވުން: ސާލިހު
 
މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ގާނޫނެއް ގެޒެޓުނުކުރައްވާތީ ކަންބޮޑުވުން ފާޅު ކުރެއްވި
 
ބިލު އަނބުރާ ފޮނުވާލެއްވިޔަސް މަޖިލީހުން އެ ބިލު ފާސް ކުރުމަށް އެމްޑީޕީން މަސައްކަތް ކުރާނެ

އެންޓި ޑިފެކްޝަން ބިލު ތަސްދީޤު ނުކުރައްވައި ދިގުދެންމެވުމަކީ ޑިމޮކްރަސީއަށް ފާޅުގައި މިހާރުގެ ރައީސް ޑރ މުޙައްމަދު މުއިއްޒު އަޅުއްވާ ހުރަހެއްކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް ގއ. މާމެންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުުޅުގައި ރައީސް ސާލިހު ވިދާޅުވީ، މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ގާނޫނެއް ގެޒެޓުނުކުރައްވައި ގާނޫނަކަށް ނުހަައްދަވައި ރައީސް ހުންނެވުމަކީ ޑިމޮކްރަސީއަށް ފާޅުގައި ހުރަސް އެޅުއްވުން ކަމަށެވެ.

ރައީސް މުއިއްޒު އެ ބިލު އަނބުރާ ފޮނުއްވާލެއްވިޔަސް މަޖިލީހުން އެ ބިލު ފާސް ކުރުމަށް އެމްޑީޕީން މަސައްކަތް ކުރާނެކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

މިފަދަ މުހިންމު ވަގުތެއްގައި އެފަދަ މުހިންމު ގާނޫނެއް ގެޒެޓުނުކޮށް، ގާނޫނަކަށް ނުހަދާ ހިފަހައްޓައިގެން އިންވުމަކީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީއަށް ފާޅުގަ އެމަނިކުފާނު އަޅުއްވާ ހުރަހެކޭ
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ތަސްދީޤު ނުކުރައްވާތީ އެމްޑީޕީގެ މެމްބަރުން ގެންދަވަނީ އެކަމުގެ ނުރުހުން ފާޅު ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި