ކ. މާލެ
|
11 އޭޕްރިލް 2024 | ބުރާސްފަތި 13:47
އިންޑިއާގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު، ބިލިއަނެއްހާ މީހުންނަށް ލިބެ
އިންޑިއާ އިންތިޚާބު
ކެމްޕެއިނަށް ބައިސްކަލުގައި، އެވެސް އުކުޅެއް!
 
އަމިއްލަ އަތުން އެއް ކެންޑިޑޭޓް ލުއިކާނާގެ ބާވަތްތައް ތައްޔާރުކުރާއިރު، އަނެއް ކެންޑިޑޭޓް ހަނޑޫ ދަނޑެއްގައި އަތްގާތްކޮށްދޭ، ދެން ހުރި ކެންޑިޑޭޓް، ބޯކޮށާ ތަނެއްގައި ތުނބުޅި ބޭލުމުގެ ޚިދުމަތުގައި
 
ޓެމިލް ނާޑޫއަކީ، އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށް އޭޕްރިލް 19 ވަނަ ދުވަހު އިންޑިއާގައި ފަށާ އާންމު އިންތިޚާބުގެ އެންމެ ފުރަތަމަ ފޭސްގައި ވޯޓުލާ ސްޓޭޓް

މި ފަހަކަށް އައިސް ބޯވަމުންދާ އިންތިޚާބުތަކާ ދިމާކޮށް، އާންމު ރައްޔިތުންގެ ތާއީދާއި ލޯބި ހޯއްދެވުމަށް ކެންޑިޑޭޓުން "އުޅުއްވާ" ގޮތުގެ ވާހަކައަކީ، ޚުދު އަހަރެމެންގެ ދޫތަކާއި ކަންފަތްތަކަށް ފަރިތަ ވާހަކައެކެވެ. އިންތިޚާބުގައި ވޯޓުލާންޖެހޭ ދުވަސް ގާތްވާ ވަރަކަށް ކެންޑިޑޭޓުންގެ އޯގާތެރިކަމާއި، ދާއިރާގެ ރައްޔިތުންގެ ވެވަޑައިގަންނަވާ ލޯބިވެސް އުތުރުއަރާ ދާ ކަހަލަ ގޮތެއް ހުރެއެވެ. މިއީ ހަމަ އެކަނި އަހަރެމެން ދިވެހިންގެ ތެރޭގައި އޮތް ކަމެއް ނޫނެވެ. ދުނިޔޭގެ އެކި ހިސާބުތަކުން މިފަދަ އެތައް މަންޒަރެއް ފެނެއެވެ.

ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަވަށްޓެރި އިންޑިއާގައިވެސް އިންތިޚާބެއް ކުރިއަށް ގެންދަން ތާވަލުކޮށް، އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާ އިރު، އިންތިޚާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ފަރާތުންވެސް ހަމަ އެފަދަ މަންޒަރުތަކެކެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ސިފަ ކުރަމުން އަންނަ އިންޑިއާގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު، ބިލިއަނެއްހާ މީހުންނަށް ލިބެއެވެ. އިންތިޚާބުގެ ވޯޓުލުން، 2 މަހެއްހާ ދުވަހަށް ދެމިގެން ދާ އިރު، ރައްޔިތުންގެ ސަމާލުކަން ނުގެއްލޭނެ ކަން ކަށަވަރު ކުރުމަށް ކެންޑިޑޭޓުން "އުޅުއްވާ" ގޮތަށް، އެތައް ބައެއްގެ ސަމާލުކަން ހުއްޓޭ ގޮތްވެއެވެ.

އަހަރެން މި ކެމްޕޭން ކުރަނީ އަތުގަ ހުރި މަދު އެއްޗެއް ބޭނުން ކޮށްގެން. އެހެން ކެންޑިޑޭޓުން އެ އުޅެނީ ކާރުތަކުގަޔާއި ބޮޑެތި އުޅަނދުތަކުގަ. އެކަމަކު، އަހަރެން މި އުޅެނީ ބައިސްކަލުގަ. ނިކަމެތި ފަޤީރުންނާވެސް ގުޅުން ބަދަހި ވާނީ މިކަހަލަ ގޮތަކުންތާ.
ޕަރީރަޖަން؛ މާޓީޒް ވިޝްވަނަތުދާސް ލޭބަރ ޕާޓީގެ މިނިވަން ކެންޑިޑޭޓް

ޑްރަވީޑާ މުންނޭޓްރާ ކަޒަގަމް ޕާޓީއިން އިންތިޚާބުގައި ވާދަ ކުރައްވާ އަންޑިމުތޫ ރާޖާވެސް ވަނީ، ދާއިރާގެ ރައްޔިތުންނަށް، އޭނާގެ އަމިއްލަ އަތުން ލުއިކާނާގެ ބާވަތްތައް ތައްޔާރުކޮށްދެއްވާ، ހަދިޔާ ކުރައްވާފައެވެ. އަނެއް ކެންޑިޑޭޓަކު، ހަނޑޫ ދަނޑެއްގައި އަތްގާތްކޮށްދެއްވަމުން ގެންދެވިއިރު، އެހެން ކެންޑިޑޭޓަކު އަވަދިނެތި އުޅުއްވީ، ބޯކޮށާ ތަނެއްގައި ތުނބުޅި ބޭލުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމުގެ މަސައްކަތުގައެވެ.

އިންޑިއާގެ އެންމެ ބައިބޯ ސްޓޭޓްތަކުގެ ތެރޭގައި ހިމެނޭ ޓެމިލް ނާޑޫއަކީ، އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ގޮތަށް އޭޕްރިލް 19 ވަނަ ދުވަހު އިންޑިއާގައި ފަށާ އާންމު އިންތިޚާބުގެ އެންމެ ފުރަތަމަ ފޭސްގައި ވޯޓުލާ ސްޓޭޓްއެކެވެ.

ހުސްވި ހަފުތާގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ސަރވޭއެއްގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތާއީދު ކުރައްވާ ކޯލިޝަންއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރައީސް މުއިއްޒު އިންޑިޔާއަށް ދަތުރުފުޅު ކުރެއްވުމާއި ގުޅޭ މަޝްވަރާތައް ކުރެވުނުކަމަށް ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ
އިންޑިއާއިން އުފައްދާ 400ށް ވުރެ ގިނަ ކާއެއްޗެތީގެ ބާވަތްތައް ވިހަ ކެމިކަލްތަކުން ތަޣައްޔަރުވެފައިވާ ކަމަށް އީޔޫއިން ހާމަކޮށްފި