ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 12:35
ފުވައްމުލައް ސިޓީގެ މަގެއްގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ
ފުވައްމުލައް ސިޓީގެ މަގެއްގައި ފުލުހަކު ޓްރެފިކް ބަލަހައްޓަނީ
ދައުރު
އެކްސިޑެންޓް
ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް އެކްސްކަވޭޓަރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މާލެ ގެނެސް ފަރުވާދެނީ
އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށް

ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް އެކްސްކަވޭޓަރެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މާލެ ގެނެސް ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން ބުނީ ފުވައްމުލައް ސިޓީގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ދިގުވާޑު ނައިބު ތުއްތު ހިނގުމުގައި އޮތް އެކްސްކަވޭޓަރެއްގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރޭ 11:45 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްގައި ފަރުވާދެމުން އަންނަ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

- ކޮމެންޓް