Advertisement
ކ. މާލެ
|
30 މާރޗް 2024 | ހޮނިހިރު 14:24
މާފަރު އެއަރޕޯޓް-
މާފަރު އެއަރޕޯޓް-
މޯލްޑިވިއަން
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ސިޓީ ހޮޓަލެއް
މާފަރު އެއާޕޯޓުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކަށް އެފުރުސަތު ހުޅުވާލާފައިފި
މާފަރު އެއާޕޯޓުގައި އެޅުމަށް ނިންމާފައިވަނީ 50 ކޮޓަރީގެ ސިޓީ ހޮޓަލެއް
21 އޭޕްރީލްވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން ފޯމް އީމެއިލް ކުރަންޖެހޭ

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކަށް އެފުރުސަތު ހުޅުވާލާފައިފިއެވެ.

އައިލޭންޑް އޭވިއޭޝަނުން ބުނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ކުންފުނިތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މާފަރު އެއާޕޯޓުގައި އެޅުމަށް ނިންމާފައިވަނީ 50 ކޮޓަރީގެ ސިޓީ ހޮޓެކެވެ.

އައިލޭންޑް އޭވިއޭޝަނުން ބުނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން ބައިނަލްއަގްވާމީ އަދި އެތެރޭގެ ދަތުރުތަކުގެ ޚިދުމަތް ފޯރުކޮށްދޭއިރު، މިފަދަ ހޮޓެލެއް ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށެވެ.

Advertisement

ސިޓީ ހޮޓާ ތަރައްގީ ކުރަން ބޭނުންވާ ކުންފުނިތަކަށް އެފުރުސަތު ހުޅުވާލާފައިވާއިރު، ހުށަހަޅާ ޕްރޮޕޯސަލްގައި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑަށް ވެސް ލިބޭނެ ފައިދާތައް ބަޔާންކުރުމަށް އެދިފައިވެއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކަށް މައުލޫމާތު ސެޝަނަށް ހާޒިރުވުމަށް ދައުވަތުދޭނެ ކަމަށާއި، ވަގުތާއި ތަން މެއިލް މެދުވެރިކޮށް އަންގާނެ ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 'އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) އެޕްލިކޭޝަން ފޯމް' ފުރުމަށްފަހު 21 އޭޕްރީލް 2024ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00ގެ ކުރިން އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް