Advertisement
ކ. މާލެ
|
3 ސެޕްޓެންބަރ 2023 | އާދީއްތަ 13:47
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
ރާއްޖެއެމްވީ
މާފަރު އެއާޕޯޓު ބޮޑުކުރުން
މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް ޑިސެންބަރު މަހުގެ 31 ވަނަ ދުވަހަށް ނިންމާނެ: އާޒިމް
މިހާރު ވެސް 5 އެއާޕޯޓެއްގެ އަމަލީ މަސައްކަތް ކުރިއަށްދޭ
މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދޭ
މި މަސައްކަތުގެ އަގަކީ 27.1 މިލިއަން ޑޮލަރު

ނ.މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހަށް ނިންމާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ''މެނިފެސްޓޯ'' ޕްރޮގްރާމްގައި އާޒިމް ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓުތައް ތަރައްގީގެ ކުރުމުގެ މަޝްރޫއުތައް ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާރު ވެސް 5 އެއާޕޯޓެއްގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

Advertisement

މާފަރު އިންޓަރނޭޝަނަލް އެއާޕޯޓަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިއެއާޕޯޓުގެ މަސައްކަތް 31 ޑިސެންބަރު 2023ގެ ނިޔަލަށް ނިންމާ ރައްޔިތުންނާއި ހަވާލުކުރާނެ ކަމަށެވެ. އެއާޕޯޓުގެ މަސައްކަތްތައް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަމަލީ މަސައްކަތް ކުރަމުން އެބަ ދަން 5 އެއާޕޯޓެއްގައި. މުލި އެއާޕޯޓު، މަގޫދޫ އެއާޕޯޓު، އަލިފުށި އެއާޕޯޓު، .ނ.މާފަރު އެއާޕޯޓު، އެއާޕޯޓުތަކުގެ މަސައްކަތްތައް ކުރަން. މިހުރިހާ އެއާޕޯޓެއް ވެސް އިރާދަކުރެއްވިއްޔާ ހުޅުވާނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހު. ޑިސެންބަރު ނުވަތަ ޖެނުއަރީ ހިސާބުގައި ނިންމާނަން. މާފަރު އެއާޕޯޓު ޑިސެންބަރު 31 ނިންމާނަން. އެއީ އެމްޓީސީސީން މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު. ވަރަށް ރަނގަޅު ސްޕީޑެއްގައި ކުރިއަށް އެބަދޭ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އާޒިމް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ތަރައްގީ ކުރާ އެއާޕޯޓުތަކުން ރައްޔިތުންނަށް އުފާވެރިކަން ލިބޭނެ ކަމަށެވެ. އެއާޕޯޓުތައް ތަރައްގީ ކުރަމުންދަނީ ވެސް ރައްޔިތުން އުންމީދުކުރާ މިންވަރަށް ނުވަތަ އެއަށްވުރެ ވެސް ފުރިހަމައަށް ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާޒިމް ވިދާޅުވީ މިއީ އެމްޓީސީސީއަށް ވެސް އަދި މުޅި ރާއްޖެއަށްވެސް މުހިންމު މަޝްރޫއެއް ކަމަށެވެ. އެގޮތުން މިހާރު އޮތް 2.2 ކިލޯމީޓަރުގެ ރަންވޭ 2.85 ކިލޯމީޓަރަށް ދިގުކޮށް، ރަންވޭ ރީ ސަރފޭސް ކުރާނެއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 08 ޑިސެންބަރު 2022 ގައެވެ. މި މަސައްކަތުގެ އަގަކީ 27.1 މިލިއަން ޑޮލަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް