ކ. މާލެ
|
29 މާރޗް 2024 | ހުކުރު 08:47
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު
ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު
ރައީސް އޮފީސް
ޤުރުއާން ކިޔެވުން
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ
މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމުކަމެއް

ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޚާއްޞަކޮށް ރަމަޟާންމަހުގައި ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިހެން ވިދާޅުވީ މަރްޙޫމް އިބްތިޙާލްގެ ހަނދާނުގައި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ކެޕްސް) ގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތް 1445 ގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެކަމަނާ ވަނީ ކެޕްސްއިން އިންތިޒާމުކޮށްގެން މިފަދަ މުބާރާތެއް ކުރިޔަށްގެންގޮސްފައިވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

އަދި މިފަދަ ކަންކަމަކީ ތުއްތުކުދިންގެ ހިތްތަކުގައި އިސްލާމްދީނުގެ ރިވެތި އުސޫލުތައް އަށަގެންނެވުމަށްޓަކައިވެސް މުހިންމުކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.

މި ޖަލްސާގައި މި މުބާރާތުން 1 ވަނަ 2 ވަނަ އަދި 3 ވަނައަށް ހޮވިފައިވާ ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.

ޖުމްލަ 53 ދަރިވަރުން ބައިވެރިވެފައިވާ މި މުބާރާތަކީ ވިލިމާލޭގެ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ. އަދި މި މުބާރާތް ކުރިޔަށް ގެންގޮސްފައިވަނީ ޖުމްލަ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން އަދި ޚާއްޞަ ކެޓަގަރީއެއްގެ ގޮތުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ފުރުޞަތު ހުޅުވާލައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
ގައުމީ ޤްރުއާން މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކާ މުބާރާތުގެ ބައިވެރިންގެ އަދަދު މަދުވާނެ ގޮތަކަށް ކަންކަން ތަރުތީބުކުރަން ޖެހޭ - ޝަހީމް
ސްކޫލް ފެންވަރުގައި އާއި ޤައުމީ ފެންވަރުގައި ބާއްވާ ޤުރުއާން މުބާރާތްތަކުން އެނގެނީ ހެޔޮ ކަންކަމަށް ދިވެހިންގެ ހިތުގައި އޮތް ޝައުގުވެރިކަން - ނައިބު ރައީސް
1029 ބައިވެރިންނާއެކު ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފަށަނީ
ސާޖިދާގެ ކަރޯކޭ ވީޑިއޯ ރެކޯޑު ކުރިކަމުގެ ތުހުމަތު ކުރެވޭ ސްޓޭޓު މިނިސްޓަރު ޝަމްނާޒު ހައްޔަރު ކޮށްފި
ކާބޯތަކެތީގެ ރައްކާތެރިކަމަކީ ފަރުދީ ޒިންމާއެއް، އެންމެންގެ ސަލާމަތަށްޓަކައި އެންމެން ގުޅިގެން އެކަމަށް މަސައްކަތްކުރަން ޖެހޭ - ރައީސްގެ އަނބިކަނބަލުން
ޔުނިވަރސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމާނުލާ، އިލްމާއި ހުނަރު ތަރައްގީ ކުރުމަށް މަސައްކަތް ކުރަންޖެހޭ: ރައީސްގެ އަނބިކަނބަލުން
ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގެންފި
ފިޠުރުޢީދު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮންނާނެ