ކ. މާލެ
|
27 މާރޗް 2024 | ބުދަ 22:53
ޖަޕާން ގެ ތުއްތު ކުއްޖެއް
ޖަޕާން ގެ ތުއްތު ކުއްޖެއް
ގެޓީ އިމޭޖަސް
ޖަޕާނުގައި ބޮޑެތި މީހުންގެ ނެޕީ ހެދުން އިތުރު ކުރަ
ޖަޕާނުގެ ނެޕީހަދާ ކުންފުންޏަކުން ކުޑަކުދިންގެ ނެޕީ ހެދުން ހުއްޓާލައި ބޮޑެތި މީހުންގެ ނެޕީ ހެދުން އިތުރު ކޮށްފި
ޖަޕާންގެ އާބާދީގެ 65 އިންސައްތަޔަކީ އުމުރުން 65 ން މަތީގެ މީހުންނެވެ. އަދި އުމުރުން 80 އަހަރުން މަތިވެފައިވާ މީހުންގެ ނިސްބަތް ވަނީ 10 އިންސައްތަޔަށް ވުރެ މައްޗަށް އަރާފައެވެ.

ޖަޕާނުގައި ނެޕީ އުފައްދާ މައި ކުންފުންޏަކުން ތުއްތުކުދިންގެ ނެޕީ ހެދުން ހުއްޓާލައި ބޮޑެތި މީހުންގެ ނެޕީ އުފެއްދުން އިތުރު ކުރަން ނިންމައިފިއެވެ.

ޖަޕާންގައި ކުދިން އުފަންވާ ރޭޓް ވަރަށް ބޮޑަށް ދަށް ވެފައި ވާއިރު ، ނެޕީ ކުންފުނި "އޯޖީ ހޯލްޑިންގސް" އަކީ އެންމެ ފަހުން މިފަދަ ނިންމުމެއް ނިންމި ފަރާތެވެ. 

ޖަޕާންގައި ތުއްތު ކުދިންގެ ނެޕީ ވިކޭ ވަރަށް ވުރެ ބޮޑެތި މީހުންގެ ނެޕީ ވިކޭލެއް އިތުރުވެފައިވާތާ މިހާރު ދިހަވަރަކަށް އަހަރު ވެއްޖެ އެވެ.

2023 ވަނަ އަހަރު ޖަޕާންގައި އުފަންވި ކުދިންގެ އަދަދަކީ 758،631 އެވެ. މިއީ އޭގެ ކުރީ އަހަރު އުފަންވި އަދަދަށް ވުރެ 5.1 އިންސައްތަ މަދު އަދަދެކެވެ. މީގެ އިތުރުން މިދިޔަ އަހަރު އުފަންވި އަދަދަކީ 19 ވަނަ ގަރުނުގެ ފަހުން ފެނުނު އެންމެ ދަށް ރެކޯޑެވެ. 70ގެ އަހަރު ތަކުގައި އުފަންވާ އަދަދު އުޅުނީ ދެމިލިއަނަށް ވުރެ މަތީގައެވެ.

ނެޕީހަދާކުންފުނި އޯޖީ ހޯލްޑިންގސް ގެ ނިންމުން ހާމަކުރަމުން ބުނެފައިވަނީ އެމީހުން މިހާރު އުފައްދަނީ އަހަރަކު 400 މިލިއަން އިންފަންޓް ނެޕީ ކަމަށެވެ. ނަމަވެސް 2001 ހިސާބުގައި 700 މިލިއަން ނެޕީ އުފައްދަމުން އައި ކަމަށް ބުނެފައި ވެއެވެ.

ޖަޕާންގެ ނެޕީ އުފައްދާ އެންމެ ބޮޑު ކުންފުނި "ޔުނިޗާމް" އިންވެސް ވަނީ ބޮޑެތި މީހުންގެ ނެޕީ ވިކޭމިންވަރު ތުއްތު ކުދިންގެ ނެޕީ ވިކޭވަރަށް ވުރެ އިތުރު ވެފައިވާކަމަށް 2011 ވަނަ އަހަރު ބުނެފައެވެ.

ކުޑަކުދިންގެ ޑައެޕަރު ވިކޭލެއް މަދު ވަމުން ދާއިރު ބޮޑެތި މީހުންގެ ނެޕީ ވިކޭވަރު ދަނީ އިތުރު ވަމުންނެވެ. އަދި އެމާކެޓް މިހާރު ވަނީ 2ބިލިއަން ޑޮލަރަށް ފުޅާވެފައެވެ.

ޖަޕާންއަކީ މިއަދު އުމުރުން ދުވަސްވީ މީހުން އެންމެ ގިނަ އެއްގައުމެވެ. މިގޮތުން އާބާދީގެ 30 އިންސައަތަޔަކީ އުމުރުން 65 ން މަތީގެ މީހުންނެވެ. އަދި އުމުރުން 80 އަހަރުން މަތިވެފައިވާ މީހުންގެ ނިސްބަތް މިދިޔަ އަހަރު ވަނީ 10 އިންސައްތަޔަށް ވުރެ މައްޗަށް އަރާފައެވެ.

ކުދިން އުފަންވާ މިންވަރު ދަށްވެފައިވަނީ ހަމައެކަނި ޖަޕާނަކު ނޫނެވެ. ހޮންގކޮންގ ސިންގަޕޯ ޓައިވާން އަދި ދެކުނު ކޮރެޔާގައިވެސް ވެސް ވަނީ ފަރޓިލިޓީ ރޭޓް ދަށަށް ގޮސްފައެވެ. އަދި ދެކުނު ކޮރެޔާއަކީ މުޅި ދުނިޔޭގައިވެސް އެންމެ ދަށް ފަރޓިލިޓީ ރޭޓް އޮންނަ ގައުމެވެ.     

- ކޮމެންޓް