Advertisement
ކ. މާލެ
|
20 މާރޗް 2024 | ބުދަ 22:19
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން
ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ރަސްމާލެ މަޝްރޫއު
ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ދިރާސާއެއް ހަދާފައެއްނުވޭ: މިނިސްޓަރު
ކުރިއަށް އޮތްތަނުގައި ސޭންޑް ސަރޗް ސްޓަޑީ އެއް ހަދާނެ
ރާއްޖޭގައި މިހާރު އޮތް ޑްރެޖަރު ބޭނުންކުރުމަކީ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބެލެވޭ

ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފެށުމަށް ދިރާސާއެއް ހަދާފައިނުވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް ފެށިއިރު އެ ސަރަހައްދުން ވެލި ނެގުމަށްޓަކައި އެ ސަރަހައްދުގެ ދިރާސާއެއް ހެދިފައި ނެތް ކަމަށާއި، އެއީ މައްސަލައެއް ކަމަށެވެ. އޭރު ވީހާވެސް އަވަހަށް މަޝްރޫއު ފެށުމަށް މަސައްކަތް ކުރުމަށް ސޮއި ކުރެވިގެން ދިޔައީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުދާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި "ސޭންޑް ސަރޗް ސްޓަޑީ" ހެދުމަށްފަހު، އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

Advertisement

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓަރވެސް ޚަރަދު ކުޑަކުރެވޭ ގޮތަށް މަސައްކަތްތައް ކުރާ ކަމަށެވެ. އާ ޑްރެޖަރެއް މިކޮޅަށް ގެނައުމަކީ ދައުލަތުން ހަރަދުކުރާނެ ކަމަކަށް ނުވުމުން، ރާއްޖޭގައި މިހާރު އޮތް ޑްރެޖަރު ބޭނުންކުރުމަކީ ޚަރަދު ކުޑަ ކުރުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މަޝްރޫއު ކުރިއަށްގެންދިއުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީކުރަން ކޮންޓްރެކްޓް ކޮށްފައިވަނީ، ބިން ހިއްކާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް