Advertisement
ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 22:12
ފަރެސްމާތޮޑާ އެމްޑީޕީ ކެންޑިޑޭޓް ގަޔަށް ކަޅުތެޔޮޖެހުން
ފަރެސްމާތޮޑާ އެމްޑީޕީ ކެންޑިޑޭޓް ގަޔަށް ކަޅުތެޔޮޖެހުން
ފަރެސްމާތޮޑާގެ އެމްޑީޕީ ކެންޑިޑޭޓް
ޒައީމްގެ ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ތަހުގީގުކުރަން ފަށައިފި
ޒައީމް ގަޔަށް ކަޅުތެޔޮ ޖެހީ ސައިކަލުގައި ދިޔަ 2 މީހަކު
މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވޭ

ފަރެސްމާތޮޑާ އެމްޑީޕީގެ ކެންޑިޑޭޓް ގަޔަށް ކަޅުތެޔޮ ޖެހި މައްސަލަ ތަހުގީގުކުރަން ފަށައިފިއެވެ.

އޭނާގެ ގަޔަށް ކަޅުތެޔޮ ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯއާއި ވީޑިއޯ ވަނީ މީސްމީޑިއާގައި ދައުރުވެފައެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާދިސާ ހިނގާފައި ވަނީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.

އެ ހާދިސާ ހިނގީ ދާއިރާގެ ބަހުސް އަށް ދާން ދިޔަ މަގުމަތީގައެވެ.

Advertisement

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލާފައިވާ އަހުމަދު ޒައީމް، ޕީއެސްއެމް މަޖިލިސް ބަހުސަށް ދަނިކޮށް އަމީނީ މަގު އެމްއެންޔޫ ޕާކިންގ ޒޯނާއި ހިސާބުން ސައިކަލެއްގައި ދިޔަ ދެމީހުން ކެންޑިޑޭޓާއި ދިމާލަށް ކަޅުތެޔޮކޮތަޅެއް އެއްލި މައްސަލަ ހަވީރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި، މިކަމާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް