Advertisement
ކ. މާލެ
|
7 މާރޗް 2024 | ބުރާސްފަތި 11:15
ނައިފަރު ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާ
ނައިފަރު ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ނައިފަރު ވެމްކޯ ސައިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ
ރޯވި އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައި

ޅ.ނައިފަރު ވެމްކޯ ސައިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ނައިފަރު ވެމްކޯ ސައިޓުގައި އަލިފާން ރޯވެގެން ރިޕޯޓް ލިބިފައިވަނީ ބުދަ ދުވަހުގެރޭ 21:15 ހާއިރު ކަމަށެވެ.

Advertisement

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ބުދަ ދުވަހުގެރޭ 23:25 ހާއިރު ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް