ކ. މާލެ
|
28 ފެބްރުއަރީ 2024 | ބުދަ 12:56
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު
ރައީސް އޮފީސް
ފުނަދޫ އެއާޕޯޓު
ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްޤީކުރައްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
އެންމެ އިސްކަމެއްދެއްވާނެ އެއްކަމަކީ ފުނަދޫގެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށްކަމަށް ވިދާޅުވި
އެއާޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރުމާއި، ފްލައިޓްތައް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި

ށ.ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ށ. ފުނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުނަދޫ އެއާޕޯޓު އިތުރަށް ތަރައްޤީކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމަށާއި އޭގެ ތެރޭގައި އެއާޕޯޓުގެ ރަންވޭ އިތުރަށް ދިގުކުރުމާއި އެއާޕޯޓުގެ ޚިދުމަތްތައް ރަނގަޅުކުރުމާއި ފްލައިޓްތައް އިތުރުކުރުން ފަދަ ކަންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ، އެންމެ އިސްކަމެއްދެއްވާނެ އެއްކަމަކީ ފުނަދޫގެ ހޮސްޕިޓަލުގެ ފެންވަރު މަތިކުރުމަށް ކަމަށާއި އެގޮތުން އެ ހޮސްޕިޓަލަކީ ޚިދުމަތުގެ ގޮތުންނާއި އިމާރާތުގެ ގޮތުންވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް