Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 11:25
ފުލުހުންގެ މައި އިމާރަތް
ފުލުހުންގެ މައި އިމާރަތް
ކޯޕަރޭޓް މޯލްޑިވްސް
ފުލުހުން
މާލޭ ގޯޅިގަނޑެއްތެރޭ މީހަކު ޚަބަރުހުސްވެފައި އޮއްވާ ފެނިއްޖެ
މިހާރު އެމީހާއަށް އަންނަނީ އައި.ޖީ.އެމް.އެޗްގައި ފަރުވާދެމުން
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ބަލަމުން

މާލޭ ގޯޅިގަނޑެއްތެރޭ މީހަކު ޚަބަރު ހުސްވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ މާލޭ ނީލޯފަރު މަގު ގޯޅިގަނޑެއްތެރޭ މީހަކު ޚަބަރުހުސްވެގެން ވެއްޓިފައިވާކަން އާދިއްތަ ދުވަހުގެ ފަތިހު 05:27 ހާއިރު އެއިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Advertisement

އެއީ 32 އަހަރުގެ ދިވެހި ފިރިހިނެއްކަމާއި މިހާރު އެމީހާއަށް އަންނަނީ އައި.ޖީ.އެމް.އެޗްގައި ފަރުވާދެމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން މިހާރު ތަޙުޤީގު ކުރަމުންދާތީ މިކަމާ ގުޅިގެން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް