Advertisement
ކ. މާލެ
|
25 ފެބްރުއަރީ 2024 | އާދީއްތަ 05:41
މިނިސްޓަރ ސައީދު
މިނިސްޓަރ ސައީދު
ރާއްޖެއެމްވީ
އިހަވަންދިއްޕޮޅުގެ ބަންކަރިން ހިދުމަތް
ކުރީ ސަރުކާރުން ސޮއިކޮށްފައިވާ އިހަވަންދިއްޕޮޅުގެ ބަންކަރިން ހިދުމަތް ޖުލައިގައި ފެށޭނެކަމަށް ސަރުކާރުން ބުނެފި
އެކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު
ކުރީ ސަރުކާރުން ބަންކަރިން ޚިދުމަތް ފަށަން ތައްުޔާރުވެ އެކަމާއި ގުޅޭ އެއްބަސްވުންތައް އެކުލަވާލާފައިވޭ

ކުރީ ސަރުކާރުން ސޮއިކޮށްފައިވާ އިހަވަންދިއްޕޮޅުގެ ބަންކަރިން ހިދުމަތް ޖުލައިގައި ފެށޭނެކަމަށް ސަރުކާރުން ބުނެފިއެވެ.

އެކަން ހާމަކުރެއްވީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދެވެ.

އޭނާ އެފަދައިން ވިދާޅުވީ ހއ.ހޯރަފުށްޓަށް ރައީސް ޑރ.މުހައްމަދު މުއިއްޒުކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ. އިހަވަންދިއްޕޮޅުގައި ޤާއިމްކުރަން ހަމަޖެހިފައިވާ ބަންކަރިން ފެސިލިޓީ ޤާއިމްކުރުމަށް ކަނޑައެޅީ އިހަވަންދިއްޕޮޅުގައި ގާއިމްކުރަން ނިންމާފައިވާ ޕޯޓް ސިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުންނެވެ. އެ މަސައްކަތް ކުރުމަށްޓަކާ އެސްޓީއޯ މެދުވެރިކޮށް މެދުއިރުމަތީގެ އެންމެ ބޮޑު އެއް ވިޔަފާރި ކުންފުނި، ގަތަރުގެ އާބަކޮން ޓްރޭޑިންގް އެންޑް ކޮންޓްރެކްޓިންގްއާ އެކު އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އެއީ ނިމިދިޔަ އަހަރުގެ އޮގަަސްޓް މަހުގެ ތެރޭގައެވެ.

Advertisement

މިބަންކަރިން ޚިދުމަތް އަވަހަށް ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވި ނަމަވެސް ބަންކަރިން ޚިދުމަތް ފަށަން ތައްުޔާރުވެ އެކަމާއި ގުޅޭ އެއްބަސްވުންތައް އެކުލަވާލާފައި ވަނީ މި ސަރުކާރުން ނޫންކަން މިނިސްޓަރ ހާމަކުރައްވާފައެއް ނުވެއެވެ. މިނިސްޓަރގެ ވާހަކަތައް ބައްޓަންކުރެއްވީ އެއީ މި ސަރުކާރުން ކުރި މަސައްކަތެއް ކަމަށް ދޭހަވާ ގޮތަށެވެ. އެގޮތުން އެންމެ ލަސްވެގެން އަންނަ ޖުލައި މަހުގެ ކުރިން ބަންކަރިންގެ ޚިދުމަތް ފެށޭނެ ކަމަށް ފާހަގަކުރައްވާ އެކަމުން ލިބޭނެ ފައިދާތަކަށް މިނިސްޓަރ ވަނީ އަލިއަޅުވާލައްވާފައެވެ. އެކަމުގެ ސަބަބުން އިތުރު ވަޒީފާތައް އުފެދުމާއި، ފޮރިން ކަރަންސީ އަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ފާހަގަކުރެއްވި ނަމަވެސް އެ މަސައްކަތް ފެށި ކުރީގެ ސަރުކާރަށް މިނިސްޓަރ އެއްވެސް ވަރަކަށް އެކަމުގެ ކްރެޑިޓް ދެއްވާފައެއް ނުވެއެވެ.

އެސްޓީއޯ އިން މީގެ ކުރިން ބުނެފައި ވަނީ ބަންކަރިން ޚިދުމަތް ދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާއި އަރބަންކޯ (މިހާރު އެޗްޑީސީ) ގުޅިގެން ބަންކަރިން އަދި ގައުމީ ތެލުގެ ރިޒާވް ތަރައްގީ ކުރުމަށް ބޭނުންވާ ފީސިބިލިޓީ ދިރާސާތައް ހަދައި ޕްރޮޖެކްޓު ކުރިއަށްގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް