ގްރޭޓަރ މާލޭ އޭރިޔާގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުން އިއުލާނުކޮށްފިއެވެ.
މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ގްރޭޓަރ މާލޭ އޭރިޔާގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން އަދި ފީސިބިލިޓީ މަސައްކަތުގެ ސްކޯޕް އިސްލާހު ކުރެވިފައިވާ ކަމަށެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގައި ކަމަށާއި، އަންދާސީ ހިސާބު ހުށަހަޅަން ވާނީ އިސްލާހު ކުރެވިފައިވާ ޓީ.އޯ.އާރ އަދި މަސައްކަތުގެ ސްކޯޕް އާއި އެއްގޮތަށް ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
އެނޫން ގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބުތައް ބާތިލް ވާނެކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.