ކ. މާލެ
|
21 ފެބްރުއަރީ 2024 | ބުދަ 22:50
އައިމިނަތު ނުޒުހާ
އައިމިނަތު ނުޒުހާ
ޓްވީޓަރ
ބްރޯޑްކޮމް
ބްރޮޑްކޯމްއަށް ނުޒުހާ އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި
ބްރޯޑްކޮމްގެ ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހު

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުގެ މަގާމާށް އައިމިނަތު ނުޒުހާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ބްރޯޑްކޮމްގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަކީ، އެ ކޮމިޝަނުގެ ނައިބު ރައީސްގެ ގޮތުގައި އަދި މެންބަރު ގޮތުގައި ކުރިން ހުންނެވި، އަޙްމަދު ގައިސް އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމެކެވެ. އެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ނުޒުހާގެ އިތުރުން، އިތުރު ހަތަރު ބޭފުޅެއްގެ ނަމެއް އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙް މަޖިލީހަށް ފޮނުއްވިއެވެ. ގާތްގަޑަކަށް އަހަރަކާ ދުވަސްކޮޅެއް ފަހުން އެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް އެޖެންޑާ ކުރެވުނު މައްސަލައިގައި، ނުޒުހާ އައްޔަނުކުރުމަށް ވޯޓު ދެއްވީ، 34 މެންބަރުންނެވެ.

ނުޒުހާއަކީ މީގެ ކުރިން ރާއްޖެ ޓީވީގައި ޚަބަރު ހުށަހަޅައި، ޕްރެޒެންޓް ކުރި ނޫސްވެރިއެކެވެ.

- ކޮމެންޓް