Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2024 | ހުކުރު 18:39
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިހާބު 2024
މަޖިލިސް އިންތިޙާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި
މި އިންތިިހާބަށް 381 ކެންޑިޑޭޓުންގެ ފޯމު އީސީން ބަލައިގަނެފައިވޭ

އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ.

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވަނީ، އެކަމަށް ޚާއްސަކޮށް ހުކުރު ދުވަހު، އިންތިޚާބާ ބެހޭ މަރުކަޒު ނުވަތަ ދަރުބާރުގޭގައެވެ. މި ހަރަކާތް ހުކުރު ދުވަހުގެ މެންދުރު 2:30 އިން ފެށިގެން އިރުއޮއްސި 6:30 އާ ހަމައަށް އިލެކްޝަންސް އިން ވަނީ ކުރިއަށްގެންގޮސްފައެވެ.

Advertisement

މި އިންތިިހާބަށް 381 ކެންޑިޑޭޓުންގެ ފޯމު އީސީން ވަނީ ބަލައިގަނެފައެވެ. އޭގެ ތެރެއިން ޝަރުތު ހަމަވެފައިވަނީ ކިތައް ފޯމުގެ ކަމެއް އީސީން ހާމަކޮށްފައެއްނުވެއެވެ.

އަންނަ މަހުގެ 17ގައި މަޖިލިސް އިންތިޚާބު ބޭއްވުމަށް އީސީން ނިންމާފައިވާއިރު، އެ އިންތިޚާބު ބޭއްވުން ފަސްކުރުމަށް މަޖިލީހުން ވަނީ އިންތިޚާބުތަކާބެހޭ އާއްމު ގާނޫނަށް ބަދަލު ގެނައުމަށް ފާސްކޮށްފައެވެ. މި އިންތިޚާބުގައި 284،337 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް