ކ. މާލެ
|
13 ފެބްރުއަރީ 2024 | އަންގާރަ 18:54
ލެކިއުޓް އިން ކުރިއަށްގެންދާ ޕްރޮމޯޝަން
ލެކިއުޓް އިން ކުރިއަށްގެންދާ ޕްރޮމޯޝަން
ރާއްޖެއެމްވީ
ލެކިއުޓް
ފެބްރުވަރީއަށް ޚާއްސަކޮށް ލެކިއުޓްގެ ޕްރޮމޯޝަނެއް: ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު!
 
ހޯމަ ދުވަހުގެ ރޭ މި ޕްރޮމޯޝަން ފަށާފައިވާއިރު، މި ޕްރޮމޯޝަން ނިމެނީ ބުދަ ދުވަހުގެ ރެއަށް
 
މި ޕްރޮމޯޝަނުގެ ދަށުން، އެކި ބާވަތުގެ ޑިސްކައުންޓް އަދި ރާއްޖޭގެ އެކު ވިޔަފާރިތަކުގެ ކޫޕަންތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ

މި ހިނގާ ފެބްރުވަރީ މަހަށް ޚާއްސަކޮށް، ލެކިއުޓް އިން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ގާތްގަޑަކަށް 48 ގަޑިއިރުގެ މި ޕްރޮމޯޝަން ފަށާފައިވަނީ ހޯމަ ދުވަހުގެ ރޭއެވެ. މި ޕްރޮމޯޝަން ނިމެނީ ބުދަ ދުވަހުގެ ރޭއެވެ.

މި ޕްރޮމޯޝަނުގެ ދަށުން ލެކިއުޓްގެ ފިހާރައިން ގަންނަ ގިނަ އައިޓަމްތަކަށް ޚާއްސަ އިނާމުތައް ލިބޭނެއެވެ. އެގޮތުން ލެކިއުޓް އިން ގަންނަ ދެ ބްރޭންޑެޑް ފްރެގްރެންސް ފުޅިތަކުގެ ތެރެއިން، އެއްފުޅިއަކަށް، 15 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެއެވެ.

މީގެ އިތުރުން، ލެކިއުޓުން 2،500 ރުފިޔާ ގެ މަތިން ކުރާ ކޮންމެ ޕާފިއުމް ވިޔަފާރިއަކަށް، އެ ޕާފިއުމަށް ޚާއްސަ ވްރެޕިންއެއް ލިބޭއިރު، ޚާއްސަ ގްރީޓިން ކާޑެއް ވެސް ލިބޭނެއެވެ. އަދި ބުދަ ދުވަހު، 2،500 އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ހިލޭ ރީތި ފިނިފެންމަލެއް ވެސް ލިބޭނެއެވެ.

މީގެ އިތުރުން، 3،500 ރުފިޔާއިން މަތިން ވިޔަފާރިކުރާ ފަރާތްތަކަށް ގިނަ އިތުރު އިނާމުތަކެއް ވެސް ލިބޭނެއެވެ. އެގޮތުން 3،500 ރުފިޔާ އަށް ވުރެ މަތިން ލެކިއުޓްގެ ބްރޭންޑެޑް ފްރެގްރެންސް އިން ކުރާ ވިޔަފާރިއަކަށް، ރާއްޖޭގެ އެކި ވިޔަފާރިތަކުން ދެ މީހަކަށް ހިލޭ ޚިދުމަތް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. އޭގެ ތެރޭގައި ގްލޯރިއާ ކޮފީން ދޭ ކޫޕަން، އޯޓީޕީ ބައި ސޮލައިޓް އިން ދޭ ކޫޕަން، ޝްވެކް ސިނެމާ އިން ދެ މީހަކަށް ދޭ ކޫޕަން، ޕިއްޒާ ބޯނާގެ ކޫޕަން، ބްލެކް ޕާލް ރެސްޓޯރަންޓް އިން ދޭ ކޫޕަން އަދި ކޮކޯ ޗިކް ސެލޫން އިން ވެސް ދެ މީހަކަށް ދޭ ކޫޕަން ހިމެނެއެވެ.

މީގެ އިތުރުން، ލެކިއުޓްގެ އެކި އުފެއްދުންތައް ވެސް ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމާފައިވާއިރު އޭގެ ތެރޭގައި އަތް ދަބަސް އަދި މޭކަޕްގެ ބާވަތްތައް ވެސް ހިމެނެއެވެ.

ލެކިއުޓަކީ ރާއްޖޭގެ އެންމެ ކޮލެޓީ އެކި އުފެއްދުންތައް އެތެރެކޮށް އަދި ވިއްކާ އެއް ކުންފުންޏެވެ. އެގޮތުން ލެކިއުޓްގެ އުންމީދަކީ ވެސް ރާއްޖެއަށް ބޭނުންތެރި އަދި ކަސްޓަމަރުން ބަލައިގަންނާނެ ހިދުމަތަކަށްވުމުގެ އިތުރުން، ރާއްޖޭގައި ހުރެގެން ފަސޭހަ ކަމާއިއެކު ކޮލިޓީ ތަކެތި ލިބުމުގެ ފުރުޞަތު ހޯދައިދިނުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
50%
0%
0%
0%
50%
ކޮމެންޓް