Advertisement
ކ. މާލެ
|
11 ފެބްރުއަރީ 2024 | އާދީއްތަ 11:50
101 ވަނަ ފުރާވަރު ކޭންޕު ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފި
101 ވަނަ ފުރާވަރު ކޭންޕު ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފި
ޕޮލިސް
101 ވަނަ ފުރާވަރު ކޭމްޕު
101 ވަނަ ފުރާވަރު ކޭމްޕު ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފި
ކޭމްޕް ކުރިއަށްދިޔައީ ޞަލާޙުއްދީން ސްކޫލްގެ 136 ދަރިވަރުންނާއެކު
އެކި ދާއިރާތަކުން މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތައް ގެންދިޔަ

ސްކޫލު ދަރިވަރުންނަކީ އަހުލާގީ ގޮތުން ހެޔޮލަފާ ދަރިވަރުންތަކަކަށް ހެދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ފުރާވަރު ކޭމްޕުގެ 101 ވަނަ ކޭންޕު ހުޅުމާލެ، ޞަލާޙުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފިއެވެ.

މި ކޭންޕު ނިންމުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި މާލޭ ސިޓީ މޭޔަރު އާދަމް އާޒިމްއެވެ.

Advertisement

މި ރަސްމިއްޔާތުގައި ފުލުހުުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ޞަލާޙުއްދީން ސްކޫލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޞަލާޙުއްދީން ސްކޫލްގެ 136 ދަރިވަރުންނާއެކު މި މަހު 8 އިން 10 އަށް ކުރިއަށް ގެންދިޔަ ފުރާވަރު ކޭންޕުގައި އެކި ދާއިރާތަކުން މައުލޫމާތު ދިނުމުގެ ކްލާސްތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކާއި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. މި ކޭންޕުގެ ގައުމިއްޔަތުގެ ކްލާސް ނަންގަވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް