Advertisement
ކ. މާލެ
|
8 ފެބްރުއަރީ 2024 | ބުރާސްފަތި 07:09
ރިޔާސީ އިންތިޚާބު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރިޔާސީ އިންތިޚާބު ދާއިމީ ނަތީޖާ އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
އިލެކްޝަންސް ކޮމިޝަން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ހުށަހެޅީ 11 ފޯމު
10 ހުށަހެޅުމެއް އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެފައިވޭ
ފޯމު ހުށަހަޅަން ހުޅުވާލާފައިވަނީ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމައަށް

މަރޗް މަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގައި އަދި މިހާތަނަށް ހުށަހަޅާފައިވަނީ 11 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމަށް އީސީން ހުޅުވާލީ ޖެނުއަރީ 30 ވަނަ ދުވަހުން ފެށިގެން، ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށެވެ. އީސީގެ ނައިބު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުށަހެޅި ފޯމުތަކުގެ ތެރޭގައި ހިމެނެނީ އަމިއްލަގޮތުން ފޯމު ހުށަހެޅުއްވި 6 ބޭފުޅުން, އެމް.ޑީ.އޭގެ 3 ބޭފުޅުން އަދި ޕީއެންސީ 2 ބޭފުޅުންކަމަށެވެ. މީގެތެރެއިން 10 ހުށަހެޅުމެއް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފައިވާކަމަށާއި 1 ހުށަހެޅުން ބަލައިނުގަންނަކަމަށެވެ.

ފޯމު ހުށަހަޅާފައިވަނީ ގަމު ދާއިރާ، ނިލަންދޫ ދާއިރާ، ހިތަދޫ އުތުރު ދާއިރާ، މީދޫ ދާއިރާ، ވެލިދޫ ދާއިރާ، މައްޗަންގޯޅި މެދު ދާއިރާ، ކޮލަމާފުށި ދާއިރާ، ބާރަށު ދާއިރާ، ވެލިދޫ ދާއިރާ އަދި ހޮޅުދޫ ދާއިރާއަށެވެ. މީގެތެރެއިން ވެލިދޫ ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާއަށް ދެ ފޯމު ވަނީ ހުށަހަޅާފައެވެ.

Advertisement

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއަކަށް މެމްބަރުން އިންތިޚާބުކުރެއެވެ. ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު9:00ން މެންދުރުފަހު2:00ށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. ހުކުރު ދުވަހު އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ މެންދުރުފަހު2:00ން ހަވީރު4:00އަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށާއި، ނަގުދު ފައިސާ ބަލައި ނުގަންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރާނެ ކެންޑިޑޭޓުން ހޯދުމަށް ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ޕްރައިމަރީ ބާއްވާފައިވާއިރު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިންވެސް ވަނީ ޕްރައިމަރީ ބާއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް