ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 22:33
ރުހުން ނުދިން ތިން ވަޒީރުން
ރުހުން ނުދިން ތިން ވަޒީރުން
ރާއްޖެއެމްވީ
ވަޒީރުންނަށް ރުހުންދިނުން
ރުހުން ނުދިނުމުން ދެވަނަ ފަހަރަށް އައްޔަންކުރި ވަޒީރުންނަށް ރުހުން ހޯދަން ފޮނުވައިފި
އެ ބޭފުޅުން މަޤާމަށް އައްޔަން ކުރެއްވީ ރުހުން ނުދިންތާ 24 ގަޑި އިރުވެސް ނުވަނީސް
ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަނު ކުރެއްވުމާއި ގުޅިގެން މަޖިލީހަށް ގަރާރެއް ވެސް ވަނީ ހުށަހަޅުއްވާފަ

ރުހުން ނުދިނުމުން ދެވަނަ ފަހަރަށް އައްޔަންކުރި ވަޒީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފިއެވެ.

ރުހުން ނުދިނުމުން އަލުން މަޤާމަށް އައްޔަންކުރައްވާފައި ވަނީ އިސްލާމިކް މިނިސްޓަރާއި، ހައުސިން މިނިސްޓަރ އަދި ބަންޑާރަ ނައިބުއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރަކަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރަކަށް ޑރ. އަލީ ހައިދަރު އަހުމަދާއި ބަންޑާރަ ނައިބު ކަމަށް އަލްއުސްތާޛު އަހުމަދު އުޝާމް އަލުން ޢައްޔަން ކުރައްވާފައެވެ.

އެ ބޭފުޅުން މަޤާމަށް އައްޔަން ކުރެއްވީ ރުހުން ނުދިންތާ 24 ގަޑި އިރުވެސް ނުވަނީހެވެ. ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަނު ކުރެއްވުމާއި ގުޅިގެން މަޖިލީހަށް ގަރާރެއް ވެސް ވަނީ ހުށަހަޅުއްވާފައެވެ.  އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއެވެ. އީވާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން 3 ވަޒީރުން ދެވަނަ ފަހަރަށް މަގާމުތަކަށް އައްޔަނު ކުރައްވައި ހުވައި ކުރައްވާފައިވާތީ, މިއީ ދައުލަތަށާއި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ކަމެއް ކަމަށެވެ.

- ކޮމެންޓް