Advertisement
ކ. މާލެ
|
6 ފެބްރުއަރީ 2024 | އަންގާރަ 08:49
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގެ ތެރެއިން
ރާއްޖެ އެމްވީ
ލޯފަން މީހުންނަށް ޓެމްޕްލެޓް މެދުވެރިކޮށް ވޯޓުލުން
ލޯފަން މީހުންނަށް ޓެމްޕްލެޓް މެދުވެރިކޮށް ވޯޓުލުމަށް ރަޖިސްޓްރީވުމަށް ދިން ފުރުސަތު އިތުރުކޮށްފި
ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ރެޖިސްޓްރީ ވާން ޖެހޭ
ކުރިން އެ ފުރުސަތު ހުޅުވަލާފައި އޮތީ ފެބްރުއަރީ 4 ވަނަ ދުވަހުގެ ނިޔަލަށް

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް ރެޖިސްޓްރީވުމުގެ ފުރުސަތު 2024 ފެބުރުވަރީ 20ގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ މީގެ ކުރިން އެ ފުރުސަތު ހުޅުވަލާފައި އޮތީ ފެބްރުއަރީ 4 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް ހަބީބު ވިދާޅުވިއެވެ. ހަބީބު ވިދާޅުވީ އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު 2024 ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިތުރުކޮށްފައި ކަމަށެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް 2024 ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅުއްވައި ރަޖިސްޓަރީކުރުމަށް އީސީން ވަނީ އެދިފައެވެ.

Advertisement

މީގެ އިތުރުން 1414 ގެ ޚިދުމަތްދޭ ވަގުތުތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 ން ރޭގަނޑު 10:00 އަށް، ރަސްމީ ބަންދު ނަމަ، ހެނދުނު 9:00 ން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ން ހަވީރު 6:00 ގެ ނިޔަލަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކަށް، ރާއްޖޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި، އެކަމަށް ބޭނުންވާ ތަމްރީން އެ ފަދަ ފަރާތްތަކަށް ދިނުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މި ތަމްރީނު އަތޮޅުތަކުގައި ދިނުމަށް ހަމަޖައްސާފައިވަނީ 26 ފެބުރުއަރީ އާއި، 6 މާރޗް އާ ދޭތެރޭގައި ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް