Advertisement
ކ. މާލެ
|
5 ފެބްރުއަރީ 2024 | ހޯމަ 05:52
މާލޭގެ އާޓްފިޝަލް ބީޗް
މާލޭގެ އާޓްފިޝަލް ބީޗް
ރާއްޖެއެމްވީ
ފުލުހުން
އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަނީ
އެގޮތުން އެ ޕޯސްޓު ކުރި މިހާގެ އާއިލާ މީހަކަށް، އޭނާގެ ކުރީގެ ފިރިމީހާ އަނިޔާކުރި ކަމަށް އެ ޕޯސްޓުގައި ބުނެފައިވޭ
އެފަދަ ޙާދިސާއެއް ހިނގިކަމަށް ބުނެ، މީސް މީޑިޔާގައި ޕޯސްޓެއް ދަނީ ދައުރުވަމުން

އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި އާޓިފިޝަލް ބީޗުގައި އަންހެނަކަށް އަނިޔާކުރި މައްސަލައެއްގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. އަދި މިހާރު އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް އެ މެސެޖުގައި ބުންޏެވެ.

Advertisement

އެހެން ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ދީފައިނުވެއެވެ.

ފުލުހުން އެފަދަ މައްސަލައެއް ބަލަމުންދަނީ، އެފަދަ ޙާދިސާއެއް ހިނގިކަމަށް ބުނެ، މީސް މީޑިޔާގައި ދައުރުވަމުންދާ ޕޯސްޓަކާ ގުޅިގެންނެވެ. އެގޮތުން އެ ޕޯސްޓު ކުރި މިހާގެ އާއިލާ މީހަކަށް، އޭނާގެ ކުރީގެ ފިރިމީހާ އަނިޔާކުރި ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް