Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2024 | އާދީއްތަ 22:00
އެމްޑީޕީގެ ޕީޖީ ގްރޫޕުން އެކަން ފާސްކޮށްފައިވަނީ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުން (ފައިލްފޮޓޯ)
އެމްޑީޕީގެ ޕީޖީ ގްރޫޕުން އެކަން ފާސްކޮށްފައިވަނީ އާދިއްތަ ދުވަހު ބޭއްވި ބައްދަލުވުމުން (ފައިލްފޮޓޯ)
އެމްޑީޕީ
ރިޔާސީ ބަޔާން އިއްވުން
ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
މިއީ ރައީސް މުޢިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން

މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފިއެވެ.

އެޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީގެ ޕީޖީން ފާސްކުރީ އާދިއްތަ ދުވަހު ބޭއްވި ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުންނެވެ. އެކަމަށް ޚާއްސަކޮށް އެޕާޓީގެ ޕީޖީން ތްރީލައިން ވިޕްއެއް ވެސް ވަނީ ނެރެފައެވެ.

Advertisement

އެގޮތުން އެ ޖަލްސާ ބޮއިކޮޓް ކުރުމަށް އެމްޑީޕީގެ ޕީޖީން ނިންމީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ސަރުކާރުން ޢަމަލު ކުރި ގޮތްތަކާއި، އެދުވަހު މަޖިލިސް މެންބަރުންނަށް ރައްކާތެރި މާހައުލެއް ފޯރުކޮށްދިނުމަށް ސަރުކާރު އަދި ކަމާބެހޭ އިދާރާތަކުން ނުކުޅެދުމާ ގުޅިގެންނެވެ.

އަދި ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ނޫން ދުވަހެއްގެ ގޮތުގައި ކަނޑެޅުމުގެ ސަބަބުން މަޖިލީހުގެ ޙުރުމަތް ކަނޑާލައިފައިވާތީ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް