Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2024 | އާދީއްތަ 17:55
އީސީގެ މެމްބަރުން
އީސީގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަން
މަޖިލިސް އިންތިޚާބު
އިންތިޚާބަށް ކެންޑިޑޭޓުން ހުށަހަޅާ ފޯމުގެ ޖަވާބު ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 1257 މީހުން ހުށަހަޅާފައިވޭ
އީސީން ބުނީ ފޯމު ހުށަހަޅާ ދުވަހުގެ ރޭގަނޑު 8 ޖެހުމުގެ ކުރިން ކެންޑިޑެސީ ބަލައިގަތްކަން ނުވަތަ ނޫންކަން އަންގާނެ ކަމަށް
ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައި

މަޖިލިސް އިންތިޚާބަށް ކެންޑިޑޭޓުން ހުށަހަޅާ ފޯމުގެ ޖަވާބު ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އީސީން ބުނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާ ފޯމުތަކަށް ދުވަހުން ދުވަހަށް ޖަވާބު ދިނުމަށް ހަމަޖައްސަންޖެހޭ އިންތިޒާމުތައް މިހާރު ހަމަޖައްސާފައި ވާކަމަށެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އަދި ފޯމު ހުށަހެޅީ 3 މީހުން ކަމަށާއި، އެ މީހުންގެ ފޯމުތައް ޕްރޮސެސްކޮށްދީފައި ވާކަމަށެވެ.

އީސީން ބުނީ، ފޯމު ހުށަހަޅާ ދުވަހުގެ ރޭގަނޑު 8 ޖެހުމުގެ ކުރިން، ކެންޑިޑެސީ ބަލައިގަތްކަން ނުވަތަ ނޫންކަން ފޯމު ހުށަހެޅި ފަރާތައް އަންގަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އިންތިޚާބާބެހޭ އާންމު ގާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުތައް ބުނާގޮތުން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓު ފޯމު ހުށަހަޅާތާ 48 ގަޑިއިރުތެރޭ، އެ ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދަކުރެވޭކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނުން އަންގަންޖެހެއެވެ. އެ މުއްދަތުގައި ޖަވާބު ނުލިބިއްޖެނަމަ އޮޓޮމެޓިކުން އެމީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ހަމަޖެހޭނެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވަނީ މިދިޔަ ޖެނުއަރީ 30ން މިހިނގާ ފެބުރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ހުށަހެޅުމުގެ ވަގުތަކީ ހެނދުނު 09:00ން މެންދުފަހު 02:00ށެވެ. އަދި ހުކުރު ދުވަހު 02:00ން ހަވީރު 04:00ށެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 1257 މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ހަބީބު ވިދާޅުވީ، އޭގެތެރެއިން 1060 މީހުން ރީރަޖިސްޓަރީ ކޮށްދެވިފައި ވާކަމަށެވެ. އަދި 197 ހުށަހެޅުމެއް ބަލައިގެންފައި ނުވާކަމަށެވެ.

2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުންނެވެ. އަދި ރީރަޖިސްޓަރީ ކުރަން ހުށަހެޅުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކްކުރުމަށް އީސީން ވަނީ އެދިފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު9:00ން މެންދުރުފަހު2:0ށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. ހުކުރު ދުވަހު އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ މެންދުރުފަހު 2:00ން ހަވީރު 4:00ށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް