Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2024 | އާދީއްތަ 07:50
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ރާއްޖެއެމްވީ
މަޖިލިސް އިންތިޚާބު
މަޖިލިސް އިންތިޚާބުގައި ރީ-ރަޖިސްޓްރީވުމަށް 1257 މީހުން ވަނީ ހުށަހަޅާފައި
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރޭ
ރީރަޖިސްޓަރީ ކުރަން ހުށަހެޅުމުގެ ކުރިން މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކްކުރުމަށް އީސީން ވަނީ އެދިފައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 1257 މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އޭގެތެރެއިން 1060 މީހުން ރީރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ. އަދި 197 ހުށަހެޅުމެއް ބަލައިގަނެފައި ނުވާ ކަމަށެވެ.

Advertisement

2019 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރީރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުންނެވެ. އަދި ރީރަޖިސްޓަރީ ކުރަން ހުށަހެޅުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކްކުރުމަށް އީސީން ވަނީ އެދިފައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ. ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު9:00ން މެންދުރުފަހު2:00ށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. ހުކުރު ދުވަހު އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ މެންދުރުފަހު2:00ން ހަވީރު4:00އަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް